Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަސާސީ ހިދުމަތްތައް ކަށަވަރުކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހަށް ތާއީދުކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

އަސާސީ ހިދުމަތްތައް ކަށަވަރުކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހަށް ތާއީދުކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

އައިޝަތު ރުވާ ރިފްޢަތު
6 ގަޑިއިރު ކުރިން - 16 އޯގަސްޓް 2026 19:11
ރައްޔިތުންގެ މަޖްލިސް. / ފޮޓޯ: ޚުލާސާ
ރައްޔިތުންގެ މަޖްލިސް. / ފޮޓޯ: ޚުލާސާ
ޚުލާސާ

ސ. މީދޫ، އަހްމަދު ޝާޠިރު ހުށަހެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ، މި އިސްލާހަކީ ކައުންސިލްތަކުގެ ބާރު ހަނިކުރާ އެއްޗެއް ނޫން ކަމަށާއި، މިއީ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ލަސްވުމެއްނެތި ފޯރުކޮށްދިނުމަށް މުހިންމު ފިޔަވަޅެއް ކަމަށް. އަދި މި ޕެޓިޝަނުގައި މިހާރުވެސް 855 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ހިދުމަތްތަކާއި ގައުމީ ތަރައްގީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި އަދި އަވަހަށް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަވަހަށް ފާސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޕޯޓަލް މެދުވެރިކޮށް އީ-ޕެޓިޝަނެއް ހުށަހަޅައި، އެއަށް ބޮޑު ތާއީދެއް ލިބެން ފަށައިފިއެވެ.

މި ޕެޓިޝަނަކީ ސ. މީދޫ، ބިނާ، އަހްމަދު ޝާޠިރު، މިއަދުގެ ވަގުތެއްގައި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ. މި ޕެޓިޝަންގައި ގޮވާލާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010) އަށް އިސްލާހު ގެނައުމުގެ ބިލު (ބިލު ނަންބަރު: 2026/20/B-22) ވީ އެންމެ އަވަހަކަށް ފާސްކޮށްދިނުމަށެވެ.

މި އިސްލާހަށް ތާއީދުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ސިއްހީ މަރުކަޒުތަކާއި ޕޮލިސް ޕޯސްޓުތައް ފަދަ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް މި އިސްލާހަކީ ނުހަނު މުހިންމު ފިޔަވަޅެކެވެ. އަދި މިފަދަ މުހިންމު ހިދުމަތްތަކަށް ބިން ހަމަޖައްސައިދިނުމަކީ މުޅި ދައުލަތާއި، ސަރުކާރާއި ކައުންސިލްތައް ގުޅިގެން އާންމު މަސްލަހަތުގައި އަދާކުރަންޖެހޭ ގައުމީ ޒިންމާއެއް ކަމަށްވެސް އެ ފަރާތްތަކުން ބަޔާންކުރެއެވެ.

Advertisement

Advertisement 1

މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް ހަނިވެގެންދާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް މި ޕެޓިޝަންގައި ވަނީ ދޮގުކޮށްފައެވެ. އެފަދަ ވާހަކަތަކަކީ ސިޔާސީ މަގްސަދެއްގައި ދައްކާ، ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، މި ބިލުން ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތަކާ ގުޅޭގޮތުން ގާނޫނުގައި ކަނޑައެޅިފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާ ނިންމުންތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

"މި ގާނޫނީ އިސްލާހުގެ އަސްލު މަގްސަދަކީ އެއްވެސް ހުރަހެއް އަދި ލަސްވުމެއް ނެތި، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ފުރިހަމައަށް ލިބިދިނުން ކަށަވަރުކުރުމެވެ،" ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، އާންމު ރައްޔިތުންނަށް ފައިދާހުރި ތަރައްގީގެ މަޝްރޫޢުތަކަށް ހުރަސްއެޅުމަކީ ލާމަރުކަޒީ ނިޒާމުގެ މަގްސަދު ނޫން ކަމަށާއި، ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް، ގައުމުގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ހުރަސްނޭޅޭނެހެން ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ގުޅިގެން މަސައްކަތްކުރުމަކީ ގާނޫނީ އަދި އަހްލާގީ ވާޖިބެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ޕެޓިޝަނުގައި މިހާރުވެސް 855 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. އަދި މި ޕެޓިޝަން އަދިވެސް ވަނީ އާންމުންގެ ތާއީދަށް ހުޅުވާލެވިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރަސްމީ އީ-ޕެޓިޝަން ޕްލެޓްފޯމް މެދުވެރިކޮށް ޕެޓިޝަންގެ ފުރިހަމަ މައުލޫމާތު ބަލައިލުމާއި ސޮއިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ވަނީ ހުޅުވާލެވިފައެވެ.

މި އިސްނެގުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ހިދުމަތްތައް ހަރުދަނާކޮށް، ތަރައްގީގެ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރާއި ލޯކަލް ކައުންސިލްތަކާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް ގޮވާލާ ވަރަށް މުހިންމު ހަރަކާތެކެވެ.

އީ-ޕެޓިޝަންރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހުގެ 3 ވަނަ ދައުރަށް ބޮޑު އިސްލާހެއް!

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހަށް ބޮޑު އިސްލާހެއް!

1 ދުވަސް ކުރިން - 13:22

ފުނައްޑޫ އާއި މާނާގަލާ މިއަހަރުގެ ނިޔަލަށް އޮޕަރޭޝަނަށް ގެންނަނީ

ފުނައްޑޫ އާއި މާނާގަލާ މިއަހަރުގެ ނިޔަލަށް އޮޕަރޭޝަނަށް ގެންނަނީ

3 ދުވަސް ކުރިން - 11:29

މުހިންމު މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މިމަހުގެ 20 އަށް އިތުރުކޮށްފި

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މިމަހުގެ 20 އަށް އިތުރުކޮށްފި

4 ދުވަސް ކުރިން - 14:13

މަޖިލީހުގެ މޫނުމަތި ބަދަލުކޮށްލާނެ ރައީސްގެ ބޮޑު އިޞްލާޙު!

މަޖިލީހުގެ މޫނުމަތި ބަދަލުކޮށްލާނެ ރައީސްގެ ބޮޑު އިޞްލާޙު!

12 ދުވަސް ކުރިން - 10:41

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

13 ދުވަސް ކުރިން - 14:32

ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގެ ނިޒާމު ބަދަލުކޮށްލާ އައު ބިލު މަޖިލީހަށް

ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގެ ނިޒާމު ބަދަލުކޮށްލާ އައު ބިލު މަޖިލީހަށް

18 ދުވަސް ކުރިން - 13:41