Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

އައިޝަތު ރުވާ ރިފްޢަތު
13 ގަޑިއިރު ކުރިން - 15 އޯގަސްޓް 2026 23:57
އެމްޕީއެލުން ބޭއްވި އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނުގެ ތެރެއިން. / ފޮޓޯ: އެމްޕީއެލް
އެމްޕީއެލުން ބޭއްވި އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނުގެ ތެރެއިން. / ފޮޓޯ: އެމްޕީއެލް
ޚުލާސާ

އެމްއެންޑީއެފް، ކަސްޓަމްސް، ފުލުހުން، ހުޅުމާލެ ހޮސްޕިޓަލް އަދި ރެޑް ކްރެސެންޓް ބައިވެރިވި މި ތަމްރީނުގައި، ކުއްލި ހާލަތްތަކުގައި އިޖާބަދޭ މިންވަރާއި މުއައްސަސާތަކުގެ ގުޅުން ވަޒަންކުރި. މީގެ ތެރޭގައި ކޮންޓޭނަރުގައި ރޯވި އަލިފާން ނިއްވުމާއި ޒަޚަމްވި މީހުންނަށް ފަރުވާދިނުން ހިމެނޭ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑު ފުރިހަމަކުރުމުގެ ހާއްސަ ތަމްރީނު ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓާއި ސެކިއުރިޓީ ސާވިސަސް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށްގެންދިޔަ މި ތަމްރީނު ހަރަކާތަކީ ބަނދަރުގެ ސަލާމަތީ ކަންކަމާއި ކުއްލި ހާލަތްތަކުގައި އިޖާބަދޭ ނިޒާމު އިތުރަށް ހަރުދަނާކޮށް ޓެސްޓުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ތަމްރީނުގައި އެމްޕީއެލްގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މޯލްޑިވްސް ކަސްޓަމްސް ސާވިސް، ހުޅުމާލެ ޕޮލިސް، ހުޅުމާލެ ހޮސްޕިޓަލް އަދި މޯލްޑިވިއަން ރެޑް ކްރެސެންޓުން ވަނީ ބައިވެރިވެފައެވެ.

އެމްޕީއެލްއިން މައުލޫމާތު ދެއްވި ގޮތުގައި، މި ތަމްރީނުގައި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި، ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި މުއާމަލާތުކުރުމާއި ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް ވަނީ ފުރިހަމައަށް ވަޒަންކޮށްފައެވެ. މިގޮތުން، ކޮންޓޭނަރެއްގައި އަލިފާން ރޯވުމުން ނިއްވުމުގެ ހަރަކާތްތަކާއި، އަނިޔާވާ މީހުންނަށް ކުއްލި ފަރުވާދީ، ސްޓްރެޗަރުގައި އަވަހަށް އެތަނުން ބޭރުކުރުމުގެ ސިމިއުލޭޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement

Advertisement 1

ހަލަބޮލި އަދި މުހިންމު މި ބައިނަލްއަގުވާމީ ޓާމިނަލްގައި ކުރިމަތިވެދާނެ ސަލާމަތީ ނުރައްކާތަކަށާއި ނުރައްކާތެރި ހާދިސާތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށްޓަކައި، ބައިވެރިވި އެކި އިދާރާތަކުގެ އޮފިޝަލުން ވަނީ ހަގީގީ ހާލަތެއްގެ އިހުސާސްވާ ފަދަ މާހައުލެއްގައި އެކުގައި މަސައްކަތްކޮށްފައެވެ.

އައިއެސްޕީއެސް ކޯޑަކީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ބޯޓުފަހަރާއި ބަނދަރުތަކުގެ ސަލާމަތީ ރައްކާތެރިކަން އިތުރުކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިންގަނޑެކެވެ. ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހިދުމަތްދޭ ބަނދަރުތަކަށް މިފަދަ ގަވާއިދުން ތަމްރީނުތައް ބޭއްވުމަކީ ލާޒިމު ކަމަކަށްވާއިރު، މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތި، އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

އެމްޕީއެލްއިން ބުނީ، މި އަހަރީ ތަމްރީނަކީ ރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަށް އެ ކުންފުނިން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ބައެއް ކަމަށެވެ.

އެމްޕީއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ: އިގްތިސާދަށް ބޮޑު އިންގިލާބެއް

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ

5 ދުވަސް ކުރިން - 08:29

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއި އެމް.ޕީ.އެލް އިން މަޝްވަރާކޮށްފި

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފި

16 ދުވަސް ކުރިން - 01:05

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

17 ދުވަސް ކުރިން - 11:07

ވޭތުވެދިޔަ ހަފުތާގައި 42،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފި

42،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ އެމްޕީއެލުން ކްލިއަރކޮށްފި

20 ދުވަސް ކުރިން - 18:06

މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި

ނޯތު ހާބަރުގެ "އޭ ޒޯން"އިން ފެނާއި ކަރަންޓުގެ ހިދުމަތް ފަށައިފި

39 ދުވަސް ކުރިން - 18:45

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

46 ދުވަސް ކުރިން - 12:10