Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލެސިޓީ ކައުންސިލުގެ ދެގަޑިއިރުގެ ބައްދަލުވުމަކަށް ބައިމިލިއަން ރުފިޔާ ހަރަދުކޮށްފި

މާލެސިޓީ ކައުންސިލުގެ ދެގަޑިއިރުގެ ބައްދަލުވުމަކަށް ބައިމިލިއަން ރުފިޔާ ހަރަދުކޮށްފި

ހުސައިން އިސްމާއިލް
11 ދުވަސް ކުރިން - 18 އޯގަސްޓް 2026 08:02
ފޮޓޯ: މާލެސިޓީ ކައުންސިލް
ފޮޓޯ: މާލެސިޓީ ކައުންސިލް
ޚުލާސާ

މި އަހަރުގެ ތެރޭގައި އެ ކައުންސިލުން ބޭއްވި ދެ ބައްދަލުވުމަކަށް ޖުމްލަ 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، މިއިން ކޮންމެ ބައްދަލުވުމަކަށް ވަނީ ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފަ.

މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި އެންމެ ދެ ގަޑިއިރެއްހާއިރުގެ ބައްދަލުވުމަކަށް ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާންމުވި ރަސްމީ ހިސާބުތަކުން ހާމަވެއްޖެއެވެ. މި އަހަރުގެ ތެރޭގައި އެ ކައުންސިލުން ބޭއްވި ދެ ބައްދަލުވުމަކަށް ޖުމްލަ 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، މިއިން ކޮންމެ ބައްދަލުވުމަކަށް ވަނީ ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައެވެ.

މި ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، މި އަހަރުގެ ފެބުރުވަރީ މަހު ބޭއްވި ފުރަތަމަ ބައްދަލުވުމަށް ޖުމްލަ 567,839 ރުފިޔާ ހަރަދުވެފައިވެއެވެ. އޭގެ ތެރެއިން ބިޑް އުސޫލުން އެކަނިވެސް 360,000 ރުފިޔާ ހޭދަކޮށްފައިވާއިރު، ބައްދަލުވުމަށް ހާއްސަކޮށްގެން ތައްޔާރުކުރި ވީޑިއޯ ޕްރެޒެންޓޭޝަނަށް 135,000 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މީގެ އިތުރުން ބެނާ ޕްރިންޓު ކުރުމަށް 30,024 ރުފިޔާ އަދި ޓީވީން ލައިވް ކުރުމަށް 34,607 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

Advertisement

Advertisement 1

ޖުލައި މަހު ބޭއްވި ދެވަނަ ބައްދަލުވުމަށް ޖުމްލަ 585,137 ރުފިޔާ ހަރަދުވެފައިވާއިރު، މީގެ ތެރެއިންވެސް އަމިއްލަ ފަރާތަކަށް 360,000 ރުފިޔާ ހޭދަކޮށްފައި ވެއެވެ. އަދި ސިންގަލް ސޯސް އުސޫލުން ވަކި ބަޔަކާއި ހަވާލުކޮށްގެން ހެދި ވީޑިއޯ ޕްރެޒެންޓޭޝަނަށް 129,600 ރުފިޔާ ހަރަދުކޮށްފައިވާއިރު، ބެނާ ޕްރިންޓް ކުރުމަށް 34,992 ރުފިޔާ، ފޮޓޯއާއި ވީޑިއޯ ނެގުމަށް 18,000 ރުފިޔާ އަދި ބެނާ ދެމުމަށް 5,700 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މާލެ ސިޓި ކައުންސިލުން ކުރު ވަގުތުކޮޅެއްގެ ބައްދަލުވުންތަކަކަށް ރައްޔިތުންގެ ފައިސާއިން މިހާ ބޮޑު ހޭދައެއް ކުރުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ކައުންސިލަށް އަމާޒުވެފައެވެ.

މާލެ ސިޓީ ކައުންސިލް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައި ވެސް މަސައްކަތް ކުރިން، ނަމަވެސް އޭރުގެ ސަރުކާރުން ވަނީ ހުރަސްއަޅާފަ: ރައީސް

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައިވެސް މަސައްކަތް ކުރިން: ރައީސް

30 ދުވަސް ކުރިން - 09:10

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

69 ދުވަސް ކުރިން - 12:01

އަޅުގަނޑަކީ މޭ އައްޑަނައަކަށް ދިއްކުރި މީހެއް. އަބަދުވެސް އިސްކުރާނީ ގައުމާއި ރައްޔިތުން: ޖަލީލް

އަޅުގަނޑު އަބަދުވެސް އިސްކުރާނީ ގައުމާއި ރައްޔިތުން: ޖަލީލް

149 ދުވަސް ކުރިން - 12:42

މާލޭގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ހޮވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އުއްޗު ތާއީދުކުރައްވައިފި

ޖަލީލް ހޮވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އުއްޗު ތާއީދުކުރައްވައިފި

152 ދުވަސް ކުރިން - 19:13

މި މަގާމަށް ކުރިމަތިލީ މާލޭގައި ދިރިއުޅޭ އާއިލާތަކުގެ ހާލަތު ވަރަށް ގާތުން އިހުސާސްކުރެވޭތީ: އަލައިކާ

"އ.ތ.މ ކޮމެޓީއަކީ ހަމައެކަނި ނަމެއްގައި އޮންނަންޖެހޭ ތަނެއްނޫން"

159 ދުވަސް ކުރިން - 16:08

ޖަލީލަށް ދެއްވާ ވޯޓަކީ މާލެއަށް ދެއްވާ ވޯޓެއް: ސަރަނގު އާދަމް މަނިކު

"ޖަލީލަށް ދެއްވާ ވޯޓަކީ މާލެއަށް ދެއްވާ ވޯޓެއް"

159 ދުވަސް ކުރިން - 15:49

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%