Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވުމަށް ރީނދޫ ރޮނގު ދަމަން ފަށައިފި

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވުމަށް ރީނދޫ ރޮނގު ދަމަން ފަށައިފި

އައިޝަތު އިމްސާ
1 ދުވަސް ކުރިން - 4 ސެޕްޓެންބަރު 2026 10:18
ކަންމަތީގައި ރީންދޫ ރޮނގު ކުރެހުމުގެ މަސައްކަތް / ފޮޓޯ: މާލެ ސިޓި ކައުންސިލް
ކަންމަތީގައި ރީންދޫ ރޮނގު ކުރެހުމުގެ މަސައްކަތް / ފޮޓޯ: މާލެ ސިޓި ކައުންސިލް
ޚުލާސާ

މާލޭގެ ކަންކަންމަތީގައި ޕާކުކުރުމުން ދިމާވާ ތޮއްޖެހުމާއި އެކްސިޑެންޓްތައް މަދުކުރުމަށް، ސަރުކާރުން ވަނީ ޕާކުކުރުން މަނާ ސަރަހައްދުތައް ފާހަގަކުރުމަށް ރީނދޫ ރޮނގު ދެމުމުގެ މަސައްކަތް ފަށާފަ. މިއީ މަގުތައް އަމާންކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް.

މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ގަވާއިދާ ހިލާފަށް ވެހިކަލް ޕާކުކުރުން ހުއްޓުވުމުގެ ގޮތުން، ޕާކުކުރުން މަނާކަން އަންގައިދޭ ނިޝާންތައް ކުރެހުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ބުނެފައިވަނީ، މިއީ މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން ދިމާވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ފެށި މަސައްކަތެއް ކަމަށެވެ.

މި މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން މ. ފުލޫނިޔާ މަގާ ގުޅިފައިވާ ގޯޅިތަކުގެ ކަންމަތިތަކުގައި ޕާކުކުރުން މަނާ ސަރަހައްދުތައް ފާހަގަކޮށް، އެއީ ޕާކުކުރުން މަނާ ތަންތަންކަން އަންގައިދިނުމުގެ ގޮތުން ވަނީ ރީނދޫ ކުލައިގެ ދެ ރޮނގު ދަމާފައެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން މަގުތައް ވަރަށް ބޮޑަށް ތޮއްޖެހެމުންދާ ކަމަށާއި، މިގޮތަށް ރީނދޫ ރޮނގު ދަމައި ފާހަގަކުރުމުން އެ ތަންތަނުގައި ޕާކުކުރުމަކީ މަނާ ކަމެއްކަން ސާފުވެގެންދާނެ ކަމަށެވެ.

Advertisement

Advertisement 1

މާލެ ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި މަގުތަކުގެ ކަންކަންމަތީގައި ވެހިކަލްތައް ޕާކުކުރުމަކީ ޓްރެފިކް ތޮއްޖެހުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވާ މުހިންމު ސަބަބެކެވެ. އެހެންކަމުން މިއީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެއުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ފަސޭހަ އަދި އަމާން ތަނަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މާލޭގެ އެކި ސަރަހައްދުތަކުގައި މިގޮތަށް ރޮނގު ދެމުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުންނެފައެވެ.

މާލެ ސިޓީ ކައުންސިލްމާލެ ސިޓީމަގު ތަރައްގީ ކުރުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް: އޭބީސީ ފަށަލަ އަޅަން ފަށައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އޭބީސީ ފަށަލަ އަޅަން ފަށައިފި

4 ދުވަސް ކުރިން - 18:45

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމެންޓް ނޮވެމްބަރަށް ނިންމަނީ

އަމީނީމަގު ތަރައްގީ ކުރުން: ފުރަތަމަ ސެގްމަންޓުގައި ތާރު އަޅަން ތައްޔާރުވަނީ

8 ދުވަސް ކުރިން - 14:03

މާލެސިޓީ ކައުންސިލުގެ ދެގަޑިއިރުގެ ބައްދަލުވުމަކަށް ބައިމިލިއަން ރުފިޔާ ހަރަދުކޮށްފި

މާލެސިޓީ ކައުންސިލުގެ ދެގަޑިއިރުގެ ބައްދަލުވުމަކަށް ބައިމިލިއަން ރުފިޔާ ހަރަދުކޮށްފި

18 ދުވަސް ކުރިން - 08:02

މަސްވެރިންގެ ޕާކު ސަރަހައްދުގައި ދެވަނަ ޕަމްޕް ސްޓޭޝަން ގާއިމްކޮށް ނިންމާލައިފި

މަސްވެރިންގެ ޕާކު ސަރަހައްދުގައި ދެވަނަ ޕަމްޕް ސްޓޭޝަން ގާއިމްކޮށް ނިންމާލައިފި

21 ދުވަސް ކުރިން - 16:30

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައި ވެސް މަސައްކަތް ކުރިން، ނަމަވެސް އޭރުގެ ސަރުކާރުން ވަނީ ހުރަސްއަޅާފަ: ރައީސް

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައިވެސް މަސައްކަތް ކުރިން: ރައީސް

37 ދުވަސް ކުރިން - 09:10

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީއަށް ވުން އެކަށީގެންވޭ: ރައީސް

މާލޭގެ މަގުތައް ހެދުމަކީ އެންމެ ބޮޑު އުމްރާނީ ތަރައްގީއަށްވުން އެކަށީގެންވޭ: ރައީސް

37 ދުވަސް ކުރިން - 01:33