Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކައުންސިލްގެ ބައްދަލުވުމެއްގައި މައިކު ކަނޑާލި މައްސަލައިގައި އެމްޑީޕީ އަދި ކައުންސިލް މެމްބަރަށް ބޮޑެތި ފާޑުކިޔުންތަކެއް

ކައުންސިލްގެ ބައްދަލުވުމެއްގައި މައިކު ކަނޑާލި މައްސަލައިގައި އެމްޑީޕީ އަދި ކައުންސިލް މެމްބަރަށް ބޮޑެތި ފާޑުކިޔުންތަކެއް

އައިޝަތު ރުވާ ރިފްޢަތު
6 ގަޑިއިރު ކުރިން - 24 ސެޕްޓެންބަރު 2026 20:24
ޕީއެންސީ ކައުންސިލަރ ސަމާހް ވާހަކަފުޅުދައްކަވަމުން ގެންދަވަނިކޮށް ގާލިބް މައިކް ކަނޑާލާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް---
ޕީއެންސީ ކައުންސިލަރ ސަމާހް ވާހަކަފުޅުދައްކަވަމުން ގެންދަވަނިކޮށް ގާލިބް މައިކް ކަނޑާލާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް---
ޚުލާސާ

ދައުރުވަމުންދާ އެ ވީޑިއޯއިން ފެންނަނީ ޕީއެންސީގެ ކައުންސިލަރަކު ވާހަކަދައްކަވަމުން ގެންދަވަނިކޮށް، އެމްޑީޕީގެ ކައުންސިލަރު އަހްމަދު ގާލިބު އޭނާގެ މައިކު ކަނޑާލާ މަންޒަރު. ނަމަވެސް މޭޔަރު އާޒިމް ވިދާޅުވީ ކައުންސިލްގެ އިދާރާއިން އެއްވެސް މެންބަރެއްގެ މައިކު ކަނޑާނުލާ ކަމަށާއި، މައިކު ކޮންޓްރޯލް ކުރަނީ ވާހަކަދައްކަވާ މެންބަރުން އަމިއްލައަށް ކަމަށް.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާއެއްގެ ތެރެއިން އާންމުވި ވީޑިއޯ ކްލިޕަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އެމްޑީޕީ އަށާއި އެ ޕާޓީގެ ފަރާތުން އިންތިހާބުވެފައިވާ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލް މެންބަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯއިން ފެންނަނީ ޕީއެންސީގެ ކައުންސިލަރު އިބްރާހިމް ސަމާހް ވާހަކަދައްކަވަމުން ގެންދަވަނިކޮށް، އެމްޑީޕީގެ ކައުންސިލަރު އަހްމަދު ގާލިބު އޭނާގެ މައިކު ކަނޑާލާ މަންޒަރެވެ.

މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ، ކައުންސިލްގެ އިދާރާއިން އެއްވެސް މެންބަރެއްގެ މައިކު ކަނޑާނުލާ ކަމަށާއި، މައިކު ކޮންޓްރޯލް ކުރަނީ ވާހަކަދައްކަވާ މެންބަރުން އަމިއްލައަށް ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް ވީޑިއޯއިން ފެންނަނީ ޕީއެންސީ މެންބަރު ވާހަކަފުޅު ދައްކަވަމުން ދަނިކޮށް އެމްޑީޕީ މެންބަރު މައިކް ކަނޑާލާ މަންޒަރެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ ގިނަ ބަޔަކު ދަނީ އެމްޑީޕީއަށް ފާޑުކިޔަމުންނެވެ. އެގޮތުން އެކަކު ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެމްޑީޕީއަކީ ޑިމޮކްރަސީއަށާއި، ތަފާތު ރައުޔުތަކަށާއި، އަނެކުން ވާހަކަދެއްކުމުގެ ޙައްޤަށް އިޙްތިރާމްކުރާ ޕާޓީއެއް ކަމަށް އޭނާ ހީކުރި ކަމަށެވެ. ނަމަވެސް، ވާހަކަދައްކަވަން ހުންނެވި ކައުންސިލަރެއްގެ މައިކު، އޭނާގެ ވާހަކަތަކަށް ތަޙައްމަލު ނުކުރެވޭތީ ސިއްރުސިއްރުން ކަނޑާލުމަކީ ނިހާޔަތަށް ހިތާމަވެރި ކަމެއް ކަމުގައި ވެސް އެ ޕޯސްޓްގައި ވެއެވެ.

Advertisement

Advertisement 1

އެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ، ޑިމޮކްރަސީއަކީ ހަމައެކަނި އަހަރުމެން އެއްބަސްވާ މީހުންގެ ވާހަކަތައް އަޑުއެހުމެއް ނޫން ކަމަށެވެ. ޑިމޮކްރަސީއަކީ ތަފާތު ރައުޔުތަކަށް އިޙްތިރާމްކުރުމާއި، މީހުންނަށް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމާއި، ޚިޔާލުތަފާތުވުންތައް ޤަބޫލުކޮށް، އެކަމަށް ފިނިކޮށް ހުންނަންޖެހޭ މިންވަރުގެ ހަރުދަނާކަން ނެތުން ކަމަށް ވެސް އެ ޕޯސްޓްގައި ވަނީ ބަޔާންކޮށްފައެވެ.

މިއަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބަށްފަހު މާލެ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު އޮތީ އިދިކޮޅު އެމްޑީޕީގެ އަތުގައެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިފަދަ ހާދިސާތަކަކީ ވަރަށް އަވަހަށް ޕާޓީ ވާދަވެރިކަމަށް ބަދަލުވެ، ޑިމޮކްރެޓިކް މިންގަނޑުތައް ވެއްޓެމުންދާ ކަމަށް އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުކުރާ ކަންކަމެވެ.

މާލެ ސިޓީ ކައުންސިލްމޭޔަރު އާދަމް އާޒިމްއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

15 ދުވަސް ކުރިން - 15:57

ސިޓީ ކައުންސިލް އިހުމާލުވެއްޖެ، ވެހިކަލް ފީ އެމީހުންގެ އަތަކަށް ދެން ނުލިބޭނެ

ސިޓީ ކައުންސިލް އިހުމާލުވެއްޖެ، ވެހިކަލް ފީ އެމީހުންގެ އަތަކަށް ދެން ނުލިބޭނެ

15 ދުވަސް ކުރިން - 15:32

“ކޮންމެ ދުވަހަކު އެއްގަޑިއަކަށް ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި ދެނީ” ކަމަށް ތުހުމަތު ކޮށްފި

‘ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި” ދޭކަމަށް ތުހުމަތު ކޮށްފި

19 ދުވަސް ކުރިން - 18:46

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވުމަށް ރީނދޫ ރޮނގު ދަމަން ފަށައިފި

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވަން ރީނދޫ ރޮނގު ދަމަން ފަށައިފި

20 ދުވަސް ކުރިން - 10:18

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

26 ދުވަސް ކުރިން - 10:23

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

32 ދުވަސް ކުރިން - 13:11