މާލެ ޓެކްސީ ލައިންގެ ހިދުމަތްތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ ބެކްއެންޑް ޑާޓާބޭސް ސިސްޓަމުގައި ހުރި މަޢުލޫމާތު ބަދަލުކޮށް، އޭގެ ސްކްރީންޝޮޓްތައް ލީކްކުރި މުވައްޒަފުގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މާލެ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަން ބޭރު ފަރާތަކުން ހެކު ނުކުރާ ކަމާއި، އެޕްލިކޭޝަންގެ ބެކްއެންޑް ޑާޓާބޭސް ސިސްޓަމުގއި ހުރި މައުލޫމާތަށް ބާދަލުގެނެސް އެ މައުލޫމާތުގެ ސްކްރީންޝޮޓުނަގައި، ލީކުކޮށްލާފައިވަނީ އެ ކުންފުނީގެ މުވައްޒަފެއްކަމަށް އެ ކުންފުނިން ކުރިޔަށްގެންދިޔަ އެތެރޭގެ ތަހުގީގަކުން ހާމަވިކަމަށް އެމްޓީސީސީން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ. މިއަށް ހަވާލާދީ މިއަދު ނެރުނު ނޫސްބާޔާނުގައި ބުނެފައިވަނީ، މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
އެމްޓީސީސީގެ ބަޔާން ނިންމާލަމުން، ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކުރުމުގައި އެ ކުންފުނި އަބަދުވެސް ދެމި އޮންނާނެކަމަށް ބުނެ، ދިވެހި ސަރުކާރާއި، ކަސްޓަމަރުން އަދި ވިޔަފާރީގެ ބައިވެރިން އެ ކުންފުޏަށް ކުރަމުންދާ އިތުބާރަށް އެމްޓީސީސީއިން ވަނީ ޝުކުރު އަދާކޮށްފައިއެވެ.








