ޕޯސްޓުގެ ޒަރީޢާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ ޕޯސްޓް މެދުވެރިކޮށް ގެނައި ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިގެން އިތުރަށް ބެލުމުގެ ތެރޭގައެވެ. އަތުލައިގަނެވުނު ތަކެތި ތަހުލީލުކުރިއިރު، އެއީ ކެނަބިސްކަން ކަށަވަރުވެފައިވާ ކަމަށާއި، އެ ތަކެތީގެ ޖުމްލަ ބަރުދަނުގައި 3،252 ގްރާމް (3.25 ކިލޯ) ހުރި ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.








