Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

އައިޝަތު އިމްސާ
4 ގަޑިއިރު ކުރިން - 18 އޯގަސްޓް 2026 11:13
ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހުގައި / ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހުގައި / ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ޚުލާސާ

ނިމިދިޔަ އެމްޑީޕީ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97 އިންސައްތައަށްވަނީ އިތުރުވެފަ. ކުންފުނި ތަކުގެ މާލީ ހާލަތާއި ހިންގުމުގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތުގަިއ ކުރިޔަށް ގެންދެވޭނެގޮތް ފޯރުކޮށްދިނުމަށް އިރުޝާދުދެނީ އަދި ސިޔާސީ ފިކުރަށް ބިނާކޮށް އެވެސް މުވައްޒަފަކު ވަކި ނުކުރާނަން.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް 97 އިންސައްތަ އިތުރުވެފައިވާ ކަމަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ (ޕީސީބީ) ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2019 އިން 2023 އަށް ސަރުކާރު ކުންފުނިތަކަށް 18،053 މުވައްޒަފުން އިތުރުވެފައިވާ ކަމަށެވެ. މިނިސްޓަރު މި ތަފާސްހިސާބުތައް ހާމަކުރެއްވީ، ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން އައްޔަނުކުރާ އުސޫލުތަކާއި ކުންފުނިތަކުގެ އޮނިގަނޑު ހަރުދަނާކުރުމަށް (ރައިޓް-ސައިޒިންގ) ގެންގުޅޭ ސިޔާސަތާ ގުޅޭގޮތުން މެންބަރު ކުރެއްވި ސުވާލާ ގުޅިގެންނެވެ.

ހަމައެއާއެކު، ވަކި މުވައްޒަފެއްގެ ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުން ތާއީދުކުރާ ކަމެއް ނޫން ކަމަށާއި، އަދި އެފަދަ އުސޫލަކުން އެއްވެސް މުވައްޒަފަކު ވަކިކުރުމަށް އެ ވުޒާރާއިން އެއްވެސް ކުންފުންޏަކަށް އަންގާފައި ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ކުންފުނިތަކަކީ މާލީ ގޮތުންނާއި ހިންގުމުގެ ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ތަންތަންކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު އެ ވުޒާރާއަށް އޮންނަކަން ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

އެގޮތުން ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޕީސީބީ މެދުވެރިކޮށް ތަކުރާރުކޮށް އިރުޝާދު ދެވިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. މި އިރުޝާދުތަކަކީ ވަކިވަކި މުވައްޒަފުންނަށް އަމާޒުކޮށް ދެވޭ އެއްޗެއް ނޫން ކަމަށާއި، މިއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދެވޭ އިރުޝާދުތަކެއް ކަމަށް ވަޒީރު ބަޔާންކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރު 18،676 ގައި ހުރި މުވައްޒަފުންގެ އަދަދު 2023 ވަނަ އަހަރުގެ ނިޔަލަށް ވަނީ 36،729 އަށް އިތުރުވެފައެވެ. އަދި މިހާރު މި އަދަދު 41،667 އަށް އަރާފައިވާއިރު، މިއީ 13 އިންސައްތައިގެ އިތުރުވުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އެމްޑީޕީ ސަރުކާރުގައި އިތުރަށް ނެގި މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި، އެ ސަރުކާރު ނިމުނުއިރު އެޑްވާންސް ސަބްސިޑީގެ ގޮތުގައި 634 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިސްމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަޒީފާ ގެއްލޭ މީހުންނަށް 600 މިލިއަންގެ "ބޮޑު ޕެކޭޖެއް"

ވަޒީފާ ގެއްލޭ މީހުންނަށް 600 މިލިއަންގެ "ބޮޑު ޕެކޭޖެއް"

4 ގަޑިއިރު ކުރިން - 11:37

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

22 ގަޑިއިރު ކުރިން - 17:30

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

1 ދުވަސް ކުރިން - 13:11

ބޭރުގެ ކުންފުނިތަކުގެ ޓެކްސް ދެގުނަ ބޮޑުކުރަން ބިލެއް މަޖިލީހަށް!

ބޭރުގެ ކުންފުނިތަކުގެ ޓެކްސް ދެގުނަ ބޮޑުކުރަން ބިލެއް މަޖިލީހަށް!

1 ދުވަސް ކުރިން - 13:01

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

1 ދުވަސް ކުރިން - 21:15

އަސާސީ ހިދުމަތްތައް ކަށަވަރުކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހަށް ތާއީދުކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

އަސާސީ ހިދުމަތްތައް ކަށަވަރުކުރުމަށް ގާނޫނަށް ގެންނަ އިސްލާހަށް ތާއީދުކޮށް ޕެޓިޝަނެއް ހުށަހަޅައިފި

1 ދުވަސް ކުރިން - 19:11