Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން މުބާރާތުގައި ހިތުން ކިޔުމުގެ ގޮފިން 4 ވަަނަ ރާއްޖޭގެ ދަރިވަރަކަށް

އައިޝަތު އިމްސާ
އައިޝަތު އިމްސާ
52 ދުވަސް ކުރިން - 20 އޯގަސްޓް 2026 14:38
4ވަނަ ހާސިލްކުރި ހާފިޒާ ޝާޔާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާއެކު/ ފޮޓޯ:އިސްލާމީ ކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާ
4ވަނަ ހާސިލްކުރި ހާފިޒާ ޝާޔާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާއެކު/ ފޮޓޯ:އިސްލާމީ ކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާ
ޚުލާސާ

4 ވަނަ ހާސިލްކޮށްފައިވަނީ އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު، މއ. އަސާސް. ހާއްސަ އިނާމެއްގެ ގޮތުގައި 7 ލައްކަ ރުފިޔާ ލިބިފައިވޭ. ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒް. ހަފްލާ ނިންމާފައި ޝާޔާ އާއި، އޭނާގެ މައިންބަފައިންނާއި ސައޫދީ ޕްރިންސް ބައްދަލުކުރެއްވި.

މައްކާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން ކިޔެވުމުގެ މުބާރާތުގައި، ރާއްޖެ ތަމްސީލުކޮށް، ޤުރުއާން ހިތުން ކިޔުމުގެ ގޮފިން، އަލްޙާފިޡާ ފާޠިމަތު ޝާޔާ ޒާޙިރު، މއ. އަސާސް އަށް 4 ވަނަ ލިބިއްޖެއެވެ.

މިއަހަރުގެ މުބާރާތުގައި 113 ގައުމަކުން ބައިވެރިން ވާދަކޮށްފަވާއިރު، މުބާރާތުގެ ހަތަރު ވަނައަށް ޚާއްސަ އިނާމެއްގެ ގޮތުގައި އެއްލައްކަ ހަތްދިހަ ހާސް ރިޔާލް ކަނޑައަޅާފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން ހަތް ލައްކަ ރުފިޔާއެވެ.

މިއީ މި މުބާރަތް ބޭއްވި 46 ވަނަ އަހަރު ކަމުގައި ވިޔަސް މިއީ މި މުބާރާތުގެ ތާރީހުގައި އަންހެން ބައިވެރިން މުބާރާތުގައި ވާދަކުރި އެންމެ ފުރަތަމަ އަހަރެވެ.

Advertisement

Advertisement 1

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ޙަރަމްފުޅުގައި ބޭއްވި ޚާއްސަ ޙަފްލާ ޝަރަފްވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. މީގެ އިތުރުން މިޖަލްސާގައި ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރާއި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ ޢަބްދުއްރަޙްމާނުއް ސުދައިސް ބައިވެރިވެލެއްވިއެވެ. މި ރަސްމިއްޔާތުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ.

މި ޙަފްލާއަށްފަހު ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް، ހިޒް އެކްސެލެންސީ ޑރ. އަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ ގާތަށް ވަޑައިގެން ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.

މައްކާކީރިތި ޤުރްއާންއިސްލާމީ ކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރުން ދަސްވެނިވެއްޖެ

ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރުން ދަސްވެނިވެއްޖެ

12 ގަޑިއިރު ކުރިން - 16:21

މަސްޖިދުލްހަރާމްގެ އިމާމު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ

މަސްޖިދުލްހަރާމްގެ އިމާމު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ

16 ދުވަސް ކުރިން - 10:28

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މަތީ ވަނަތަކަށް އިނާމު ދީފި

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މަތީ ވަނަތަކަށް އިނާމު ދީފި

16 ދުވަސް ކުރިން - 08:17

މައްކާގައި ވައިގެ ނުރައްކަލުގެ އިންޒާރު އަނެއްކާވެސް ނެރެފި

މައްކާގައި ވައިގެ ނުރައްކަލުގެ އިންޒާރު އަނެއްކާވެސް ނެރެފި

17 ދުވަސް ކުރިން - 18:34

ހަރަމްފުޅުގެ މުއައްޛިން އަވަހާރަވެއްޖެ!

ހަރަމްފުޅުގެ މުއައްޛިން އަވަހާރަވެއްޖެ!

20 ދުވަސް ކުރިން - 21:30

މައްކާއަށް ދަތުރުކުރި އުމްރާވެރިންގެ ބަހެއް ފުރޮޅާލައި މިސްރުގެ 2 އުމްރާވެރިން ނިޔާވެއްޖެ

މައްކާއަށް ދަތުރުކުރި އުމްރާވެރިންގެ ބަހެއް ފުރޮޅާލައި މިސްރުގެ 2 އުމްރާވެރިން ނިޔާވެއްޖެ

33 ދުވަސް ކުރިން - 11:20