މިޔަރުގެ ސަބަބުން މަސްވެރިންނަށް އުނދަގޫ ފޯރާ ވާހަކަ އާންމުވެފައިވާއިރު، މަސްވެރިން އެދޭ ގޮތަށް ސަރުކާރުން އެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވޭ
859 ދުވަސް ކުރިން - 16:04
ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފޮނުވީ 50 މީހުން. އޭގެ ތެރެއިން މީހަކު ޕީއެސްއެމްއަށް ދިން އިންޓަވިއުއަކަށް ފަހު އެެއީ ރަނގަޅު އާމްދަނީއެއް ލިބޭ މީހެއް ކަމަށް ބުނެ އާންމުން އަންނަނީ ފާޑުކިޔަމުން
859 ދުވަސް ކުރިން - 03:10
އައްޑޫއަށް ފޮނުވި ޕަމްޕް މިހާރު އިންސްޓޯލް ކުރުމާއެކު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް މެދުނުކެނޑި ފެން ފޯރުކޮށްދެވޭނެ ކަމަށް ފެނަކައިން ބުނެއެވެ.
860 ދުވަސް ކުރިން - 03:27
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން އިސްނަގައިގެން ކުޑަކުދިންނަށް ޑައިވް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
861 ދުވަސް ކުރިން - 01:02
މި އަހަރުގެ ހައްޖު ދުވަސް ރާއްޖޭގެ ކަލަންޑަރުގައި އޮތް ދުވަހަށްވުރެ އަވަސް ވިއަސް، އީދު ޗުއްޓީއަށް ބަދަލެއް ނާންނާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
861 ދުވަސް ކުރިން - 00:54
ޔޫތު މިނިސްޓްރީން ބުނީ މި އަހަރު 17 ދާއިރާއަކުން އެވޯޑު ދިނުމަށް ނިންމާފައިވާ ކަމަށެވެ. ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޒުވާނުންނަށް ދެވޭ ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
861 ދުވަސް ކުރިން - 22:37
މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން އަވަހަށް ލިބޭނެ ގޮތަކަށް އަދި ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކައުންސިލްތަކާ މުޢާމަލާތުކުރާނެ ފޯކަލް ޕޮއިންޓެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
861 ދުވަސް ކުރިން - 22:29
ރަމީލާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުރު ސަރޖަރީއެއް ހެއްދެވުމަށާއި، ކީމޯތެރަޕީ އަދި އިމިއުނޯތެރަޕީއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.
861 ދުވަސް ކުރިން - 22:19
މި ޕްރޮގްރާމްގެ ދަށުން ވެލްޑަރ، މެރިން މެކޭނިކް، އިލެކްޓްރީޝަން، ފައިބަރގްލާސް ޓެކްނީޝަން، މެޝިނިސްޓް، ހެވީވެހިކަލް އޮޕަރޭޓަރ، އޮޓޯމޮބައިލް އިލެކްޓްރީޝަން، ހައިޑްޜޯލިކް މެކޭނިކް، ޓިންކަރ، ޓަގް އޮޕަޜޭޓަރ، ޑޮރޭޖް އޮޕަރޭޓަރ، ޑްރެޖް މެކޭނިކް ދާއިރާއަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
861 ދުވަސް ކުރިން - 22:03
ޚުތުބާގައި ބުނީ މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު އަދާކުރަން ޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވާކަމަށެވެ. އެގޮތުން ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި ގުޅިގެން އެހީތެރިވުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެއް ކަމަށް ޚުތުބާގައި ބުންޏެވެ.
861 ދުވަސް ކުރިން - 20:54
ޝަހީމް ވިދާޅުވީ ޙައްޖުގެ އަޅުކަމާ ގުޅޭ ގޮތުންވެސް ނަފްރަތު އުފެދޭ ޒާތުގެ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ކަމަށެވެ. އަދި ޒަކާތުގެ ފައިސާއިން ފަޤީރުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހިކޮށްދިނުމަކީވެސް ޝަރުޢީ ގޮތުން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.
861 ދުވަސް ކުރިން - 20:31
އިސްލާމިކް މިނިސްޓްރީން ބުނީ 31 މެއި 2024 ގައި ފުރި ފުރަތަމަ ފްލައިޓުގައި މި 50 ފަރާތުގެ ތެރެއިން 01 ފަރާތް އަދި 03 ޖޫން 2024 ގައި ފުރި ދެވަނަ ފްލައިޓުން 01 ފަރާތާއެކު ޖުމްލަ 02 ފަރާތެއް މިހާރު ތިބީ ސަޢުދީ ޢަރަބިއްޔާގައި ކަމަށެވެ. ބާކީ ތިބި 48 ޙައްޖުވެރިން ފުރާފައިވަނީ މިއަދުއެވެ.
861 ދުވަސް ކުރިން - 20:03