މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް އަހުމަދު އާތިފް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް ހުނަރުވެރި ފަރާތްތައް ކަމަށާއި އެ މީހުންވެސް މައުނަވީ ގޮތެއްގައި މުޖުތަމައުގައި ބައިވެރި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
857 ދުވަސް ކުރިން - 20:55
މާލެ ސިޓީ ކައުންސިލުން ބުނީ މި އަހަރުގެ ބޮޑު އީދުގައި، ކުޑަ އީދެކޭ އެއްގޮތަށް ލައިޓުތައް ހަރުކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ. މިފަހަރުގެ އަޟްޙާ ޢީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަހެވެ.
857 ދުވަސް ކުރިން - 19:44
މިފަހަރު ޖުމްލަ 18 ދާއިރާއަކުން އިނާމު ދިނުމަށް މީޑިއާ ކައުންސިލުން ވަނީ ނިންމާފައެވެ. އިނާމަށް ނަން ހުށަހެޅުމަށްޓަކައި މީޑިއާ ކައުންސިލުން ވަނީ ގޫގުލް ފޯމެއް ތައްޔާރުކޮށްފައެވެ. މި ފޯމު މެދުވެރިކޮށް ޖޫން 30 ގެ މެންދުރުފަހު 1:00 ގެ ކުރިން ނަން ހުށަހެޅޭނެ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
857 ދުވަސް ކުރިން - 19:34
ތިން ވަޒީރުންނަށް ރުހުން ދިނުމަށް ވަކި ވަކިން މިއަދު އެހި ވޯޓުގައި ޝަހީމާއި އުޝާމަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ހައިދަރަށް ރުހުން ދިނުމަށް ނެވި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ ތިން މެމްބަރަކު ވަނީ ދެކޮޅަށް ވޯޓުދެއްވާފައެވެ.
857 ދުވަސް ކުރިން - 19:17
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ޖާފަތުގައި މޯދީގެ އެންމެ އަރިހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންނެވުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
857 ދުވަސް ކުރިން - 15:16
ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ފަރާތްތަކުގެ ލިސްޓް މާދަމާ އިއުލާން ކުރާނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
857 ދުވަސް ކުރިން - 14:57
މާލެ ސިޓީ ކައުންސިލުން ބުނީ ފުޑް ކޯޓު ކައިރީގައި ހުރި މަގުބައްތިތަކެއްގެ ކޭބަލްތަކެއް ވަގަށް ނަގާފައިވަނީ ރޭގައި ކަމަށެވެ. އަލުން އެ ކޭބަލްތައް ގުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
858 ދުވަސް ކުރިން - 21:34
ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ވަރަށް ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއި ކަމަށް ކަމޭ ހިތުމާއެކު އަދާކުރަންޖެހޭ ބުރަ ޒިންމާއެއްކަމުގައި ނައިބު ރައީސް ވިދާޅުވެއްޖެ. އެމަނިކުފާނު މިހެން ވިދާޅުވީ 4 ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން.
858 ދުވަސް ކުރިން - 19:31
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
858 ދުވަސް ކުރިން - 19:30
ރޭގެ ވަގުތެއްގައި މާލޭ ފުޑް ކޯޓު ކޯޓު ކައިރީގައި ހުރި މަގުބައްތިތަކާއި ސިނަމާލެ 3 ފްލެޓުތަކުގެ ފެން މޯޓަރުގެ ކޭބަލްތަކެއް ވަނީ ވަގަށް ނަގާފައެވެ.
858 ދުވަސް ކުރިން - 16:24
މިޔަރުގެ ސަބަބުން މަސްވެރިންނަށް އުނދަގޫ ފޯރާ ވާހަކަ އާންމުވެފައިވާއިރު، މަސްވެރިން އެދޭ ގޮތަށް ސަރުކާރުން އެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވޭ
858 ދުވަސް ކުރިން - 16:04
ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފޮނުވީ 50 މީހުން. އޭގެ ތެރެއިން މީހަކު ޕީއެސްއެމްއަށް ދިން އިންޓަވިއުއަކަށް ފަހު އެެއީ ރަނގަޅު އާމްދަނީއެއް ލިބޭ މީހެއް ކަމަށް ބުނެ އާންމުން އަންނަނީ ފާޑުކިޔަމުން
858 ދުވަސް ކުރިން - 03:10