މާލެ ފުޑް ކޯޓް ކައިރީގައި ހުރި މަގުބައްތިތަކެއްގެ ކޭބަލްތަކެއް ވަގަށް ނަގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ފުޑް ކޯޓު ކައިރީގައި ހުރި މަގުބައްތިތަކެއްގެ ކޭބަލްތަކެއް ވަގަށް ނަގާފައިވަނީ ރޭގައި ކަމަށެވެ. އަލުން އެ ކޭބަލްތައް ގުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
ކޭބަލްތައް ވަގަށް ނަގާފައިވަނީ އިއްޒުއްދީން މަގުގައި ޓިނު ޖަހައިގެން ބަންދުކޮށްފައި ހުންނަ ސަރަޙައްދުގެ ޕޭވްމަންޓް ކޮނެގެންނެވެ.
ރޭގައި ވަނީ އަމީނީ މަގުގައި ހުންނަ ސިނަމާލެ ތިނެއްގެ ފްލެޓްތަކުގެ ފެން މޯޓަރުތަކުގެ ކޭބްލަތަކެއްވެސް ވަގަށް ގެންގޮސްފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިފަދަ ކަންތައް ކުރާ ފަރާތްތައް ހޯދާ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
މި މައްސަލަތަކާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.



