ކުރިއަށް އޮތް ބޮޑު އީދަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި އީދު ލައިޓް ހަރުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި އަހަރުގެ ބޮޑު އީދުގައި، ކުޑަ އީދެކޭ އެއްގޮތަށް ލައިޓުތައް ހަރުކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.
މާލޭގެ އިތުރުން އަތޮޅު ވެރިކަން ކުރާ ރަށްތަކާއި ސިޓީތަކާވެސް މިދިޔަ ކުޑަ އީދުގައި ވަނީ ދިއްލާފައެވެ.
ކުލަގަދަކޮށް އީދު ފާހަގަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވައުދަކަށް ވާއިރު، އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވަނީ އީދު ލައިޓުތައް ހަރުކުރުމަށް ރަށްރަށުން ވަރަށް އެދެމުން އަންނަ ކަމަށާއި، އަންނަ އަހަރު ނުވަތަ މިފަހަރުގެ ބޮޑު އީދުގައި ހަރުކުރާ ލައިޓުތައް އިތުރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ސަރުކާރުން ވަނީ މި އަހަރުގެ ބޮޑު އީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ތިން ރަށެއްވެސް ކަނޑައަޅާފައެވެ. އެއީ ރ. އުނގޫފާރާއި، ދ. ކުޑަހުވަދޫ އަދި ގއ. ވިލިނގިއްޔެވެ.
މިފަހަރުގެ އަޟްޙާ ޢީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަހެވެ.



