މާލޭގެ މަގުތަކުން އެކި ކަހަލަ ކޭބަލް ވަގަށް ނެގުން އާންމުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި މާލޭ ފުޑް ކޯޓު ކައިރީގައި ހުރި މަގުބައްތިތަކާއި ސިނަމާލެ 3 ފްލެޓުތަކުގެ ފެން މޯޓަރުގެ ކޭބަލްތަކެއް ވަނީ ވަގަށް ނަގާފައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ފުޑްކޯޓު ކައިރިން ވަގަށް ނެގީ އިއްޒުއްދީން މަގުގައި ހުރި ލައިޓްތަކުގެ ކޭބަލްތައް ކަމަށެވެ. އެކަން ކޮށްފައިވަނީ އެ މަގުގައި ޓިނު ޖަހައި، ބަންދުކޮށްފައި ހުންނަ ސަރަހައްދުގެ ޕޭވްމަންޓް ކޮނެގެންނެވެ. އެ ލައިޓްތަކަށް އަލުން ކޭބަލް ގުޅައި ދިއްލުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ.
ސިނަމާލެ 3 ފްލެޓުތަކުގެ ފެން މޯޓަރުގެ ކޭބަލްތައް ވަގަށް ނެގުމުގެ ސަބަބުން އެ ތަނުގައި ދިރިއުޅޭ މީހުންނަށް ދަތިތަކެއް ކުރިމަތިވި އެވެ. އެ މައްސަލަ ކައުންސިލުން މިހާރު ވަނީ ހައްލުކޮށްފަ އެވެ.
މިފަދަ ކަންކަން ކުރާ މީހުން ހޯދައި، ހަރުކަށި ފިޔަވަޅު އެޅުމަށް ކައުންސިލުން ވަނީ ގޮވާލާފަ އެވެ.



