މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ "ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2024 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން ވެލްޑަރ، މެރިން މެކޭނިކް، އިލެކްޓްރީޝަން، ފައިބަރގްލާސް ޓެކްނީޝަން، މެޝިނިސްޓް، ހެވީވެހިކަލް އޮޕަރޭޓަރ، އޮޓޯމޮބައިލް އިލެކްޓްރީޝަން، ހައިޑްޜޯލިކް މެކޭނިކް، ޓިންކަރ، ޓަގް އޮޕަޜޭޓަރ، ޑޮރޭޖް އޮޕަރޭޓަރ، ޑްރެޖް މެކޭނިކް ދާއިރާއަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ މި ޕްރޮގްރާމުގެ މަޤުޞަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިތިބި މަސައްކަތްތެރި މުވައްޒަފުން އެ ކުންފުނީގެ އެކި ވަޒީފާތަކަށް ހޯދުން ކަމަށެވެ.
3 މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 5000/-ރ ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮގްރާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ ވަޒީފާއެއް އެދޭ ފޯމު ހުނަވަރު ޕޯޓަލް މެދުވެރިކޮސް މި މަހުގެ 11 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.



