އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވުމާއެކު، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުޞޫލަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ވެސް 1445 ވަނަ އަހަރުގެ ޙައްޖު މަހުގެ 1 ވަނަ ދުވަހަކީ 7 ޖޫން 2024 ވާ ހުކުރު ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
861 ދުވަސް ކުރިން - 19:50
ހިންނާއަށް މަޤާމުގެ ލިޔުން ޙަވާލުކުރުމަށްޓަކައި ހޯމްލޭންޑް މިނިސްޓްރީގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން އާއި ސިވިލް ސަރވިސް ކޮމިޝަނުގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
862 ދުވަސް ކުރިން - 23:28
ޕީޖީ އޮފީހުން ބުނީ ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭން ފަށާފައިވަނީ މިއަދު ކަމަށެވެ. މި ބަދަލާއެކު ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމުތައް އެދުވަހުގެ މެންދުރު 1:30 ގައި ލިބޭނެ ކަމަށާއި އަދި މެންދުރު 12:00ގެ ފަހުން ހުށަހަޅާ ފޯމުތައް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
862 ދުވަސް ކުރިން - 22:34
ނިހާން އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ އެވެ. މަޖިލީހުން ބުނީ ނިހާން އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ޕާލިމެންޓަރީ ސަރވިސް ޤަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
862 ދުވަސް ކުރިން - 22:26
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ޔުނިވަރސިޓީގައި ކިޔަވަމުންދާއިރު މީހުންނާ ގުޅިގެން އުޅުމާއި މުޢާމަލާތު ކުރުމުގެ ޤާބިލުކަމާއި ކަންކަން ވަޒަންކޮށް ފާޑުކިޔުމުގެ ޤާބިލުކަމާއި ކަންކަމަށް އާ ބަދަލުތައް ގެނެސް އުފެއްދުންތެރިކަން ކުރިއަށް ނެރުމުގެ ޤާބިލުކަންފަދަ ކަންކަން އަށަގެންނެވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭކަން ފާހަގަކުރ
862 ދުވަސް ކުރިން - 20:43
ފުުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް.
862 ދުވަސް ކުރިން - 19:23
އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައި ނުގަންނަ ކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.
862 ދުވަސް ކުރިން - 17:45
ރާއްޖެ ބައިއްޔެ ޣައްޒާގައި ހުންނަ އދ.ގެ ސްކޫލަށް ބޮން އަޅައި އެތައް ބަޔަކު ޝަހީދު ކޮށްލި ހަމަލާގައި އިޒްރޭލުން ބޭނުންކޮށްފައިވަނީ އެމެރިކާގެ ޖީބީޔޫ-39 މަރުކާގެ ބޮމެކެވެ. މިއީ ބޮޑެތި ހަނގުރާމަ ތަކުގައި ބޭނުންކުރާ ބާރުގަދަ ހަތިޔާރެކެވެ.
862 ދުވަސް ކުރިން - 12:00
އެޗްޑީސީން ބުނީ ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކު 6000ރ. ލިބޭނެ ކަމަށެވެ. މި އަހަރުގެ ޕްރޮގްރާމްގެ ދަށުން 7 ދާއިރާއަކުން ބައިވެރިން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
863 ދުވަސް ކުރިން - 00:39
ތޮއްޑޫގެ ދަނޑުވެރިން އަންނަނީ އެރަށުގެ ދަނޑުވެރިން ދަނޑު ހައްދާނެ ބިން ނުދައްކާ ދިގު ދަންމާކަމުގެ މައްސަލައިގައި މުޒާހަރާ ކުރަމުންނެވެ. އެގޮތުން ކައުންސިލް އިދާރާގެ ތެރޭގައި ވެސް މުޒާހަރާކުރަމުން އަންނަ އިރު، އެތަނުގައި ފުލުހުން ވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
863 ދުވަސް ކުރިން - 22:52
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ.
863 ދުވަސް ކުރިން - 21:37
ހޯމްލޭންޑް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ޤަވާއިދުގެ ދަށުން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ ގޮތުގައި ދަޢުލަތަށް ލިބެން ޖެހޭ ފައިސާ 1,765,704,400/-ރ އަށް އަރާ ކަމަށެވެ.
863 ދުވަސް ކުރިން - 20:35