ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަކަށް ހިންނާ ޚާލިދު މިއަދު އައްޔަންކޮށްފިއެވެ.
ހިންނާއަށް މަޤާމުގެ ލިޔުން ޙަވާލުކުރުމަށްޓަކައި ހޯމްލޭންޑް މިނިސްޓްރީގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން އާއި ސިވިލް ސަރވިސް ކޮމިޝަނުގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހިންނާ ވަނީ މީގެ ކުރިން ހޯމް މިނިސްޓްރީގެ ސްޕޯކްސްޕާސަން ކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުގައި އޭނާ ވަނީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.
ހިންނާއަކީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޙާސިލުކުރައްވާފައިވާ ބޭކަނބަލެކެވެ.



