ހޮޓެލް ޖެން ކައިރީ އޮތް ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ޖެން ކައިރީ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ހަތް ސައިކަލާއި ވޭނަކަށް ވަނީ ގެއްލުންވެފަ އެވެ. ރޯވި ސައިކަލުތަކުގެ ތެރެއިން ތިން ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ.



