ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ކުރީގެ މެމްބަރު އަޙުމަދު ނިހާން ހުސެއިން މަނިކު އައްޔަންކުރައްވައިފިއެވެ.
ނިހާން އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ އެވެ.
މަޖިލީހުން ބުނީ ނިހާން އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ޕާލިމެންޓަރީ ސަރވިސް ޤަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
އިއްޔެއިން ފެށިގެން ނިހާން ވަޒީފާއަށް ނުކުންނަން ފަށާފައިވާ ކަމަށްވެސް މަޖިލީހުން މަޢުލޫމާތުދެއެވެ.
މީގެ ކުރިން އެ މަޤާމުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ކޮއްކޯފުޅު ފާޠިމަތު މުޙައްމަދު ސާލިޙް އެވެ.



