ދަނޑު ބިމުގެ މައްސަލައިގައި އއ. ތޮއްޑޫ ކައުންސިލް އިދާރާގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ތޮއްޑޫގެ ދަނޑުވެރިން އަންނަނީ އެރަށުގެ ދަނޑުވެރިން ދަނޑު ހައްދާނެ ބިން ނުދައްކާ ދިގު ދަންމާކަމުގެ މައްސަލައިގައި މުޒާހަރާ ކުރަމުންނެވެ. އެގޮތުން ކައުންސިލް އިދާރާގެ ތެރޭގައި ވެސް މުޒާހަރާކުރަމުން އަންނަ އިރު، އެތަނުގައި ފުލުހުން ވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ ތޮއްޑޫ ކައުންސިލް އިދާރާއަށް ގާ އުކައި، އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށްވެސް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ ފުލުސް މީހާއަށް މިހާރު ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ތޮއްޑޫ ކައުންސިލް އިދާރާގެ ކުރިމަތީގައި އާއްމު މަސްލަޙަތު ގެއްލުވާލުމަށް މަސައްކަތް ކުރަމުން އަންނާތީ އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.



