އިއްޔެ އިސްރާއީލުން ފަލަސްތީނުގެ ގައްޒާގައި ހުންނަ އދ ގެ ސްކޫލަކަށް ހަނގުރާމަވެރި މަތިންދާބޯޓު ބޭނުންކޮށްގެން ބޮން އަޅައި އެތައް ބަޔަކު މަރާލިއިރު ބޭނުންކޮށްފައިވަނީ އެމެރިކާގެ ޒަމާނީ ހަތިޔާރެވެ.
]
މެއި މަހު އެމެރިކާގެ ރައީސް ޖޯބައިޑެން ބުނީ ރަފަހްގައި ކުރިޔަށް ގެންދާ ހަމަލާތަކާއި ގުޅިގެން ބައެއް ކަހަލަ ހަތުޔާރުތައް އިސްރާއީލަށް އެމެރިކާއިން ފޯރުކޮށެއް ނުދޭނެއެވެ. އެހެންނަމަވެސް އިއްޔެގެ މިހަމަލާގައި އެންމެ ޒަމާނީ އެމެރިކާގެ ހަތިޔާޜުތައް ބޭނންކޮށްފައިވާތީ، ބައިޑެން ފޯރުކޮށް ނުދޭން އެބުނާ ހަތިޔާރަކީ ކޮން ބާވަތެއްގެ ހަތިޔާރުތަކެއް ކަމާއިމެދު މިހާރު ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކޮންމެޔަކަސް، އިއްޔެ ބޭނުންކުރީ ހަނގުރާމައެއްގައި އެތައް ބަޔަކު އެއްފަހަރާ މަރާލާނެ ނުރައްކާތެރި ބާރުގަދަ ބޮމެކެވެ.
އިއްޔެގެ ހަމަލާގައި މިހާރުވެސް 40 އަށްވުރެ ގިނަ މީހުން އަދި 14 ކުޑަކުދިން މަރުވެފައިވާއިރު މިހަމަލާގައި ފެނުނު ބޮމާއި މިސައިލުގެ ބައިތަކުގެ ތެރޭގައި އެމެރިކާގެ އުފެއްދުންތައް ފެނި ޚަބަރުފަތުރާ އެޖެންސީތަކުން ވަނީ އޭގެ ބައިތަކުގެ ފޮޓޯތައްވެސް ޢާއްމު ކޮށްފައެވެ.

އިޒްރޭލުން ބޭނުންކުރި އެއް ބޮމަކީ ޖީބީޔޫ-39 ސްމޯލް ޑައިމީޓަރ ބޮމްބް (އެސްޑީބީ) ގެ ނަމުން ނަން ދީފައިވާ އެމެރިކާގެ އަސްކަރިއްޔާއަށް ބޮއިންގް އިން އުފައްދާފައިވާ ބޮމެކެވެ.
ޖީބީޔޫ-39 އަކީ އެހެން ބޮންތަކާ އަޅާބަލާއިރު ނިސްބަތުން ކުޑަ 113 ކިލޯ ހުންނަ ބޮމެކެވެ. ސީދާ ބޭނުންވާ ޕޮއިންޓަށް ޖީޕީއެސް (ގްލޯބަލް ޕޮޒިޝަނިން ސިސްޓަމް) އާއި އައިއެންއެސް (އިންއާޝިއަލް ނެވިގޭޝަން ސިސްޓަމް) ގެ އެހީގައި ވައްޓާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ބޮމަކީ 60 ނޯޓިކަލް މޭލު (110 ކިލޯމީޓަރު) ދުރުގައި ހުރެގެން ހަމަލާ ދެވޭނެ ބޮމެކެވެ. މިއީ ކުދި ފިޔަތައް ހަރުކޮށްފައިވާ ބޮމެއްކަމުން، ބޮން ވައްޓާލުމާއެކު އެ ބޭނުންވާ މިސްރާބަށް އޭގައި ހުންނަ ކުދި ފިޔަތަކުގެ އެހީގައި ގޮސް ވަދެގަނެއެވެ. އަދި ޢިމާރާތަކަށް މި ބޮން ވައްޓާލާއިރު އެ ޢިމާރާތުގެ ފުރާޅު ތޮރުފާލައި ހުރިހާ ފުލޯތައް ތޮރުފަމުން ތޮރުފަމުން ގޮސް ފައުންޑޭޝަނާއި ހަމަޔަށް އަޑިއަށް ވަދެ ބޮޑު ގޮވުމެއް ގޮވައި މުޅި ތަން ސުންނާފަތި ކޮށްލާނެއެވެ.

ފަލަޞްޠީނުގައި އެމެރިކާއިން އުފައްދާފައިވާ މި ނުރައްކާތެރި ހަތިޔާރުތައް ބޭނުންކޮށްގެން ނަސްލު ނައްތާލާއިރު ، އެމެރިކާއިން ދަނީ އިޒްރޭލު ހިމާޔަތް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންކަން ފާހަގަ ކުރެވެއެވެ.



