އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވި ފެނުގެ މައްސަލަ ފެނަކައިން ހައްލުކޮށްފިއެވެ.
ފެނަކައިން ބުނީ އައްޑޫއަށް ފޮނުވި ޕަމްޕް މިހާރު އިންސްޓޯލްކޮށްފައިވާ ކަމަށެވެ. އެއާއެކު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް މެދުނުކެނޑި ފެން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އައްޑޫ ފެނުގެ ނިޒާމު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކޮންސްޓްރަކްޝަން މިނިސްޓްރީން މީގެ ކުރިން އެމްޑަބްލިއުއެސްސީއާ ވެސް މަޝްރޫއެއް ހަވާލުކޮށްފައިވެއެވެ.
އެ މަޝްރޫއު ނިމުމުން އައްޑޫ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބި، ފެން ރައްކޭ ކުރެވޭ ކެޕޭސިޓީ ވެސް އިތުރު ވާނެއެވެ.



