Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ޓްރެފިކް އެކްސިޑެންޓްތައް ގިނަވެ، ހަރުކަށި ފިޔަވަޅު އެޅުމަށް ޤާނޫނާއި ޤަވާޢިދުތަކަށް ބަދަލު ގެންނަނީ

ޓްރެފިކް އެކްސިޑެންޓްތައް ގިނަވެ، ހަރުކަށި ފިޔަވަޅު އެޅުމަށް ޤާނޫނާއި ޤަވާޢިދުތަކަށް ބަދަލު ގެންނަނީ

ރައީސް ވިދާޅުވީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއްގައި ރޭ މެންދަމު ވަރަށް ހިތާމަވެރި ޙާދިސާއެއް ހިނގާ، މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށާއި، މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުން ބޭނުންވާ ކަމެއް ކަމަށް.

766 ދުވަސް ކުރިން - 15:49

ރޭސް ކާރުތައް ނުބައްދަލު ދުވެލީގައި ދުއްވާތީ މައުސޫމް އެތައް ފުރާނައެއް ދަނީ ގެއްލެމުން: މަތީން

ރޭސް ކާރުތައް ނުބައްދަލު ދުވެލީގައި ދުއްވާތީ މައުސޫމް އެތައް ފުރާނައެއް ދަނީ ގެއްލެމުން: މަތީން

މަތީން ވިދާޅުވީ ރޭސް ކާރުތަކަކީ ލިބޭ އާމްދަނީއާ ނުބައްދަލު އަގު ބޮޑެތި ރޭސްކާރުތަކެއް ކަމަށާއި އެ ކާރުތައް ދުއްވަމުން ދަނީ މާލެއާ ހުޅުމާލޭގެ މަގުތަކާ ނުބައްދަލު ދުވެއްޔެއްގައި ކަމަށް. އަދި އޭގެ ސަބަބުން ގެއްލި ދަނީ މަޢުސޫމް އެތައް ފުރާނައެއް ކަމަށާއި ހަލާކު ވެގެންދަނީ އެތައްބައެއްގެ ދިރިއުޅުން ކަމަށް މަތީން ވިދާޅުވި.

766 ދުވަސް ކުރިން - 15:18

މެދު ރާއްޖެތެރެއާއި ދެކުނަށް ކެރީގެ އަސަރު ފޯރައި ގުގުރުން އެކަށީގެންވޭ

މެދު ރާއްޖެތެރެއާއި ދެކުނަށް ކެރީގެ އަސަރު ފޯރައި ގުގުރުން އެކަށީގެންވޭ

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.

766 ދުވަސް ކުރިން - 14:56

އޮގަސްޓު މަހު ވައްކަމުގެ 323 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައި

އޮގަސްޓު މަހު ވައްކަމުގެ 323 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައި

ފުލުހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަ. އެގޮތުން ވައްކަމުގެ 323 މައްސަލައެއް ހުށަހަޅާފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ މައްސަލަކަމަށްވާ، ޓްރެފިކް އެކްސިޑެންޓުގެ 204 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައި.

766 ދުވަސް ކުރިން - 14:35

ރައީސްގެ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ފެންނަން ފަށައިފި - މިނިސްޓަރ އިހުސާން

ރައީސްގެ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ފެންނަން ފަށައިފި - މިނިސްޓަރ އިހުސާން

ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ދަށުން ގަވާއިދާ ޚިލާފަށް ޑޮލަރު ވިޔަފާރިކުރަމުންދިޔަ 5 ބިދޭސީއަކު ވަނީ ހައްޔަރުކުރެވިފަ. ޓާސްކްފޯސްގެ ރެއިޑުގައި ގިނަ އަދަދެއްގެ ފައިސާއާއި، ކާޑުތަކާއި އަދި ޕާސްޕޯޓުތައް ވެސް ފެނިފައިވާކަމަށް ވަޒީރު ވިދާޅުވި

766 ދުވަސް ކުރިން - 14:26

އެކްސިޑެންޓުގައި ނިޔާވި ސަމާހުގެ ކަށުނަމާދު މަޣްރިބް ނަމާދަށް ފަހު

އެކްސިޑެންޓުގައި ނިޔާވި ސަމާހުގެ ކަށުނަމާދު މަޣްރިބް ނަމާދަށް ފަހު

ސަމާހް ނިޔާވެފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި ހުންނަ އުރީދޫ ޢިމާރާތް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސްޕޯޓްސް ކާރަކުން އޭނާ ދުއްވާފައި ދިޔަ ސައިކަލުގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި. މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، މުޙައްމަދު ވިސާމް ސިއްދީޤު (26އ).

766 ދުވަސް ކުރިން - 14:21

މަރާމާތަށް ފަހު އާސަހަރާ މިސްކިތުގެ ތިރީ ބައި ހުޅުވައިފި

މަރާމާތަށް ފަހު އާސަހަރާ މިސްކިތުގެ ތިރީ ބައި ހުޅުވައިފި

އާޒިމް ވިދާޅުވީ މި ހިނގާ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އާސަހަރާ މިސްކިތުގެ މަތީ ބަޔާއެކު އެއްކޮށް ނިމި، ކުރިއެކޭވެސް އެއްފަދައިން މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންތައްތައް އާސަހަރާގައި ބޭއްވުމަށް ހަމަޖެހިގެންދާނެ ކަމަށް. އާސަހަރާ މަރާމާތުކުރުމުގެ މުޅި މަޝްރޫޢަށް 11.6 މިލިއަން ރުފިޔާ ހޭދަވާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައި.

766 ދުވަސް ކުރިން - 14:07

އެކްސިޑެންޓްއާ ގުޅިގެން ކާރު ދުއްވި މީހާގެ ވަނަވަރު ހާމަކޮށްފި

އެކްސިޑެންޓްއާ ގުޅިގެން ކާރު ދުއްވި މީހާގެ ވަނަވަރު ހާމަކޮށްފި

މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމް ސިއްދީގު (26އ). ވިސާމަކީ އެކްސިޑެންޓްގައި ހިމެނުނު ކާރު ދުއްވި ފަރާތް ކަމަށް ބެލެވޭ.

766 ދުވަސް ކުރިން - 13:46

ސީޕީ ޝުޖާއުގެ ބައްޕަ އަވަހާރަވެއްޖެ

ސީޕީ ޝުޖާއުގެ ބައްޕަ އަވަހާރަވެއްޖެ

މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައި. މަރުހޫމް އަބްދުއްސަލާމް އަލީއަކީ ހއ. ހޯރަފުށީގައި ދިގު މުއްދަތަކަށް އިމާމުކަން ކުރައްވާފައިވާ ބޭފުޅެއް.

766 ދުވަސް ކުރިން - 13:44

ރޭ ހިނގި އެކްސިޑެންޓެއްގައި ޕްރިޒަން އޮފިސަރަކު ނިޔާވެއްޖެ

ރޭ ހިނގި އެކްސިޑެންޓެއްގައި ޕްރިޒަން އޮފިސަރަކު ނިޔާވެއްޖެ

ނިޔާވީ އުމުރުން 23 އަހަރުގެ ހަސަން ސަމާހު. ސައިކަލުގައި އޭނާ ދިޔައީ މެރަތަންގައި ބައިވެރިވުމަށް. ބާރުސްޕީޑްގައި ދިޔަ ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސެއް ނެތް

766 ދުވަސް ކުރިން - 11:01

ކަޅު މާކެޓުގައި ޑޮލަރުގެ އަގު ދަށް ނުވެއްޖެނަމަ ރެއިޑްތައް އިތުރުކުރަން އިމިގްރޭޝަނުން ނިންމައިފި

ކަޅު މާކެޓުގައި ޑޮލަރުގެ އަގު ދަށް ނުވެއްޖެނަމަ ރެއިޑްތައް އިތުރުކުރަން އިމިގްރޭޝަނުން ނިންމައިފި

މި ފިޔަވަޅުތަކަކީ ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި، އާންމުންނަށް އެކަށީގެންވާ އަގެއްގައި ޑޮލަރު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އަޅާ ފިޔަވަޅުތަކެއް.

767 ދުވަސް ކުރިން - 00:52

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ 5 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ 5 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލޭގައި ކުރިއަށްގެންދިޔަ ރެއިޑެއްގައި. ހައްޔަރުކުރެވުނު 5 ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެއް ވެސް ވަނީ ފެނިފަ

767 ދުވަސް ކުރިން - 00:14

Previous12345Next