ދެފުރޮޅުލީ އަދި ހަތަރުފުރޮޅުލީ ވެހިކަލްތަކާއި، ބައިސްކަލްތަކާއި އެމްބިއުލާންސެއް ހިމެނޭ. ގަވާއިދާ ޚިލާފަށް ޕާކުކުރެވޭ އަދި ދޫކޮށްލެވިފައިވާ ވެހިކަލްތައް ޓޯކޮށް ނައްތާލުމަކީ މާލޭގެ ޕާކިންގ މައްސަލަ ޙައްލުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ފުލުހުން ބުނެފައިވޭ.
765 ދުވަސް ކުރިން - 19:23
އިކްރާމްގެ ބަންދާ ގުޅޭ ގޮތުން ދެފަހަރެއްގެ މަތިން ކޯޓު އަމުރު ނެރެވިފައިވާއިރު، ފުރަތަމަ ނެރުނު އަމުރު ހައިކޯޓުން ބާޠިލުކޮށްފައިވަނީ އޭނާއަށް ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ދީފައިނުވާތީ. އެއަށްފަހު އަލުން ނެރުނު ކޯޓު އަމުރެއްގެ ދަށުން އިކްރާމް ހައްޔަރުކޮށް، ތިން ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮއްފައިވޭ.
765 ދުވަސް ކުރިން - 16:25
ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރު އުޞޫލު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބާޠިލުކޮށްފި. މިހާރު ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން "ދިރިތި" ޕޯޓަލްގައި ރަޖިސްޓަރީކޮށް، އެމް.އެފް.ޑީ.އޭގެ އައު މިންގަނޑުތަކަށް ޢަމަލުކުރަންވާނެ.
765 ދުވަސް ކުރިން - 16:21
މިއީ ސަރުކާރުގެ ތަރައްޤީގެ މާސްޓަރ ޕްލޭންގެ ބައެއް. މި މަޝްރޫޢުގެ ސަބަބުން މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެ.
765 ދުވަސް ކުރިން - 15:18
އަޒްމީލް މުހައްމަދުގެ ބަންދު 30 ދުވަހަށް އިތުރުކޮށްފިއިވޭ، މިގޮތަށް ނިންމާފައިވަނީ ތަޙުޤީޤު މަރުޙަލާގައި އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭކަމަށް ފެންނާތީ. އޭނާ ވަގަށް ގެންގޮސްފައިވަނީ އޮފީހުގެ ޕެޓީ ކޭޝް.
765 ދުވަސް ކުރިން - 13:25
މި ފިޔަވަޅުތަކަކީ މާލެ ސަރަހައްދުގައި އިތުރުވަމުންދާ އެކްސިޑެންޓްތަކާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވޭ.
765 ދުވަސް ކުރިން - 13:14
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 6:50 ހާއިރު ހުޅުމާލޭ ފޭސް 2 ގައި ދުއްވަމުން ދިޔަ ސައިކަލަކާއި ކާރަކާ ޖެހިގެންނެވެ. މި ހާދިސާގައި އަނިޔާވި ފަރާތަށް މިވަގުތު ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން.
765 ދުވަސް ކުރިން - 12:10
މިމައްސަލަ މިހާރު ހުޅުމާޅެ ޕޮލިސް ސްޓޭޝަނާއި ކަމާއި ގުޅުންހުރި ހުރިހާ އިދާރާތައް ގުޅިގެން ދަނީ ބަލަމުން. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ ވަކި މަރުކަޒެއް ގޮތުގައި "ފިޔަވަތި" ހަމަޖެއްސެވީ 2016ވަނަ އަހަރުގެ އޮގަސްޓުމަހުގެ 28ވަނަ ދުވަހު
765 ދުވަސް ކުރިން - 12:06
ހައްޔަރުކޮށްފައިވަނީ ފިރިހެނަކު ކޮޓަރިއަކަށް ވައްދާ އޭނާގެ އަތުން ބައިލައްކައަށް ވުރެއް ގިނަ ރުފިޔާ ފޭރިގަނެގެން. މި ހާދިސާ ހިނގާފައިވަނީ މެއި މަހު 26 ވަނަ ދުވަހުގެ ރޭ
766 ދުވަސް ކުރިން - 00:37
މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމަށް ރައީސް އަންގަވާފައިވޭ.
766 ދުވަސް ކުރިން - 00:20
ޝަރީޢަތް ނިމެންދެން ބަންދުކުރީ ކާރު ދުއްވަންއިން ސ.ހިތަދޫ ވައިލެޓް ފެހި މުހައްމަދު ވިސާމް ސިދުޤީ. އޭނާގެ އަތުގައި ލައިސަންސެއް ވެސް ނެތް ކަމަށް ފުލުހުން ބުނޭ. ސަމާހު ނިޔާވިއިރު އޭނާ ދިޔައީ ކައިވެންޏަށް ތައްޔާރުވަމުން
766 ދުވަސް ކުރިން - 00:06
ފިޗުން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިންގ ދަށްކުރުމާ ގުޅިގެން، ރާއްޖޭގެ ސުކޫކުގެ އަގަށް ނޭދެވޭ އަސަރެއް ކުރި ނަމަވެސް، ކުރިއަށް އޮތް މަހުގެ 8 ވަނަ ދުވަހު ދައްކަންޖެހޭ 25 މިލިއަން އެމެރިކާ ޑޮލަރުގެ ކޫޕަން ޕޭމަންޓް ގަވާއިދުން ދެއްކޭނެކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ފިނޭންސް ދެއްވާފައިވޭ
766 ދުވަސް ކުރިން - 19:53