މާފުށީ ޖަލުގެ އެމަރޖެންސީ ސަޕޯޓު ގުރޫޕުގެ (އީއެސްޖީ) އޮފިސަރު ލާންސް ކޯޕްރަލް ހަސަން ސަމާހުގެ މަރާއި ގުޅިގެން ކާރު ދުއްވި ސ.ހިތަދޫ ވައިލެޓް ފެހި މުހައްމަދު ވިސާމް ސިދުޤީ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް މުއްދަތު މަޖިލީހުން ނިންމައިފިއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލޭގައި އޮތް މެރަތަންއަށް ސަމާހު ދަނިކޮށް ރޭ ފަތިހު އޭނާގެ ސައިކަލްގައި ބާރު ސްޕީޑްގައި މުހައްމަދު ވިސާމް ސިދުޤީ ދުއްވި ކާރު ޖެހިގެންނެވެ.
އެކްސިޑެންޓް ހިނގުމާއެކު ވަގުތުން ސަމާހް ހޮސްޕިޓަަށް ގެންދިޔައެވެ. ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.
ސަމާހު ނިޔާވިއިރު އޭނާ ދިޔައީ ކައިވެންޏަށް ތައްޔާރުވަމުންނެވެ.



