Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް އެމް.އެފް.ޑީ.އޭއިން އައު މިންގަނޑެއް

ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް އެމް.އެފް.ޑީ.އޭއިން އައު މިންގަނޑެއް

އައިޝަތު ރުވާ ރިފްޢަތު
682 ދުވަސް ކުރިން - 7 ސެޕްޓެންބަރު 2024 16:21
ފޮޓޯ : އިމިގްރޭޝަން
ފޮޓޯ : އިމިގްރޭޝަން
ޚުލާސާ

ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރު އުޞޫލު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބާޠިލުކޮށްފި. މިހާރު ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން "ދިރިތި" ޕޯޓަލްގައި ރަޖިސްޓަރީކޮށް، އެމް.އެފް.ޑީ.އޭގެ އައު މިންގަނޑުތަކަށް ޢަމަލުކުރަންވާނެ.

ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރު އުޞޫލު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބާޠިލުކޮށްފިއެވެ. މި ބަދަލާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ގޭގައި ކާބޯތަކެތި އުފެއްދުމާ ގުޅޭ އައު މިންގަނޑެއް ކަނޑައަޅައިފިއެވެ.

ބީސީސީއިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މިހާރު ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން "ދިރިތި" ޕޯޓަލްގައި ރަޖިސްޓަރީކޮށް، އެމް.އެފް.ޑީ.އޭގެ އައު މިންގަނޑުތަކަށް ޢަމަލުކުރަންވާނެއެވެ.

އެމް.އެފް.ޑީ.އޭއިން ކަނޑައަޅާފައިވާ އައު މިންގަނޑުގައި އާންމު ޝަރުތުތަކާއި، ބަދިގޭގެ ޝަރުތުތަކާއި، ސާމާނާއި އާލާތްތަކުގެ ޝަރުތުތައް ހިމެނެއެވެ. މުހިންމު ޝަރުތުތަކުގެ ތެރޭގައި އިތުރު މުވައްޒަފުން ނުގެންގުޅުމާއި، "ބޭސިކް ފުޑް ސޭފްޓީ" ތަމްރީނު ފުރިހަމަކުރުމާއި، ކާބޯތަކެތި ރަނގަޅަށް ލޭބަލްކުރުން ހިމެނެއެވެ.

Advertisement

Advertisement 1

ބަދިގޭގެ ޝަރުތުތަކުގެ ތެރޭގައި އަތްދޮވުމާއި ސާމާނު ދޮވުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ތަކެތި ސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ. އަދި ހިފާގެންގުޅޭ ސާމާނުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރިއަށް ވަކި ތަށިމުށި ޚާއްޞަކުރުމާއި، ރޯ ކާނާއަށް ވަކި ތަށި ބޭނުންކުރުން ހިމެނެއެވެ.

މީގެ އިތުރުން، ކާނާ ރައްކާކުއި، ގަނޑުފިލުވުމާއި، ކުނި ނައްތާލުމާއި، ޖަނަވާރުންނާއި ސޫފާސޫފިން ރައްކާތެރިވުމާއި، ކާނާ އުފުލުމުގެ އުސޫލުތަކާއި، އެއާއި ގުޅޭ އެންމެހާ ކަމެއް ކަށަވަރުކުރުމަކީވެސް މި އައު މިންގަނޑުގެ ދަށުން ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެވެ.

މި އައު މިންގަނޑުތައް ތަންފީޒުކުރުމުގެ މަޤްޞަދަކީ ގޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ހިފެހެއްޓުމެވެ. އަދި މިކަމުގެ ސަބަބުން ސާފުތާހިރުކަމާއެކު ރައްކާތެރި ކާބޯތަކެތި އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޙަމަތި

681 ދުވަސް ކުރިން - 23:24

މުވައްޒަފުން ނުގެންގުޅެ ކިހިނެއް މަސައްކަތް ކުރާނީ.... މިއޮތީ ވާ ގައުމެއް.

ގުޅޭ ޚަބަރުތައް

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި

5 ދުވަސް ކުރިން - 20:34

މާލޭގައި އިމާރާތްކުރާ "ކްރިއޭޓާ ހަބް" ނޮވެމްބަރު މަހު ހުޅުވަނީ

"ކްރިއޭޓާ ހަބް" ނޮވެމްބަރު މަހު ހުޅުވަނީ

164 ދުވަސް ކުރިން - 18:57

ބޭސް އެތެރެކުރާ ކުންފުނީގެ ޗެއާޕާސަނަކަށް ހަލީމް، ބީސީސީގެ ޗެއާޕާސަނަކަށް ޝަހީދު

ދެ ކުންފުންޏެއްގެ ޗެއާޕާސަންކަމަށް މީހުން އައްޔަންކޮށްފި

224 ދުވަސް ކުރިން - 19:16

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބާއްވާ ބޮޑުބެރު މުބާރާތް މިރޭ ފަށަނީ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު:ބޮޑުބެރު މުބާރާތް މިރޭ

423 ދުވަސް ކުރިން - 19:08

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

452 ދުވަސް ކުރިން - 08:05

ފުވައްމުލަކު ސިޓީގައި ކްރިއޭޓަރ ހަބެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފުވައްމުލަކުގައި ކްރިއޭޓަރ ހަބެއް ގާއިމުކުރަނީ

542 ދުވަސް ކުރިން - 14:24