Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފިޔަވަތިން 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

ފިޔަވަތިން 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

އުސްތާޛް އަލީ އާދަމް
637 ދުވަސް ކުރިން - 7 ސެޕްޓެންބަރު 2024 12:06
2021ވަނަ ފިޔަވަތީގެ ކުދިންތަކެއް ފުރާޅު މައްޗަށްއަރައި ފިލަން މަސައްކަތް ކުރަނީ. / ފޮޓޯ: ސޯޝަލް މީޑިއާއިން ނަގާފައި
2021ވަނަ ފިޔަވަތީގެ ކުދިންތަކެއް ފުރާޅު މައްޗަށްއަރައި ފިލަން މަސައްކަތް ކުރަނީ. / ފޮޓޯ: ސޯޝަލް މީޑިއާއިން ނަގާފައި
ޚުލާސާ

މިމައްސަލަ މިހާރު ހުޅުމާޅެ ޕޮލިސް ސްޓޭޝަނާއި ކަމާއި ގުޅުންހުރި ހުރިހާ އިދާރާތައް ގުޅިގެން ދަނީ ބަލަމުން. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ ވަކި މަރުކަޒެއް ގޮތުގައި "ފިޔަވަތި" ހަމަޖެއްސެވީ 2016ވަނަ އަހަރުގެ އޮގަސްޓުމަހުގެ 28ވަނަ ދުވަހު

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކުދިން ބައިތިއްބާފައިވާ ފިޔަވަތީގައި 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

މިމައްސަލަ މިހާރު ހުޅުމާޅެ ޕޮލިސް ސްޓޭޝަނާއި ކަމާއި ގުޅުންހުރި ހުރިހާ އިދާރާތައް ގުޅިގެން ދަނީ ބަލަމުންނެވެ. 

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ ވަކި މަރުކަޒެއް ގޮތުގައި "ފިޔަވަތި" ހަމަޖެއްސެވީ 2016ވަނަ އަހަރުގެ އޮގަސްޓުމަހުގެ 28ވަނަ ދުވަހުގައެވެ.

Advertisement

Advertisement 1

"ފިޔަވަތި"ގެ މަސައްކަތްތައް:

1. އުމުރުން 13 އަހަރު ނުފުރޭ ކުދިންގެ ތެރެއިން ތިރީގައިމިވާ ޙާލަތްތައް ދިމާވެފައިވާ ކުދިން މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.

  • މަންމައާއި ބައްޕަ ދުނިޔޭގައި ނެތް އަދި ބަލާނެ އެއްވެސް މީހަކު ނެތް ކުދިން.
  • މަގުމަތިން ނުވަތަ އެހެންވެސް ޢާންމު ތަނަކުން ހޮވޭ ކުދިން (އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހޯދައި އެ މީހުންނާ އެ ކުދިން ހަވާލުކުރެވެންދެން).
  • މައިންބަފައިން ނުވަތަ ބެލެނިވެރިން ކުދިންނަށް އިހުމާލުވާކަން އެނގުމުން އެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަސޭހަތްތެރިވެ ޢަމަލުތައް އިޞްލާޙުކުރުމަށް އިރުޝާދު ދިނުމުންވެސް އިޞްލާޙުނުވުމުން މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ ވަކިކުރެވޭ ކުދިން.
  • މައިންބަފައިން އެކަށީގެންވާވަރަށް ނުބެލެހެއްޓުމުގެ ސަބަބުން އެ ކުދިންނަށް ލިބެންޖެހޭ ޒަރޫރީ ޚިދުމަތްތައް ލިބެމުންނުދާ ކުދިންނާއި، އެ ކުދިންގެ މުސްތަޤުބަލު ގެއްލިގެން ހިނގައިދާނެކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގަބޫލުކުރެވޭ ކުދިން.
  • ކުދިންނަށް އަނިޔާކޮށްގެން ނުވަތަ ބޮޑެތި އިހުމާލުވެގެން މައިންބަފައިން ނުވަތަ ބެލެނިވެރިން ހައްޔަރުކުރަންޖެހޭ ޙާލަތްތަކުގައި ކުދިން ބަލާނޭ އެއްވެސް މީހަކު ނެތް ކުދިން.
  • މައިންބަފައިން ނުވަތަ ބެލެނިވެރިން ޖަލަށްލުމުން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.
  • ބެލެނިވެރިޔާގެ ބުއްދި ގޯސްވެގެން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.

2. މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ޘަޤާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިޔަތުކޮށް، އެ ކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޙައްޤުތައް، މަރުކަޒުގެ ގަވާއިދުތަކާ އެއްގޮތަށް ލިބިދިނުން.

3. މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގައި ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން.

މޯލްޑިވްސް ޕޮލިސް ސަރވިސްފިޔަވަތިޖެންޑަރ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

3 ދުވަސް ކުރިން - 07:07

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

4 ދުވަސް ކުރިން - 09:50

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

5 ދުވަސް ކުރިން - 01:55

ބަދުއަހުލާގީ އަމަލުތަކެއް ހިންގި ށ. ގޮއިދޫ އިމާމު ވަޒީފާއިން ވަކިކޮށްފި

ބަދުއަހުލާގީ އަމަލުތަކެއް ހިންގި ށ. ގޮއިދޫ އިމާމު ވަޒީފާއިން ވަކިކޮށްފި

5 ދުވަސް ކުރިން - 00:06

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

5 ދުވަސް ކުރިން - 15:02

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

6 ދުވަސް ކުރިން - 20:48