ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރެވުނު އިބްރާހިމް އިކްރާމްގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން 30 ދުވަހަށް އިތުރުކޮށްފިއެވެ.
މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ވިނަރެސް ފްލެޓްޓްތައް ކައިރިން މަގުގެ އެއްފަރާތުގައި ސައިކަލުގައި ހުރި މީހެއްގެ ގައިގައި އިކްރާމް ދުއްވި ކާރުން ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން އޭނާ މީގެ ކުރިން ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް . ހައިކޯޓުން އެ އަމުރު އެފަހަރު ބާޠިލް ކުރިއެވެ.
އެއަށްފަހު އަނެއްކާ އޭނާ ހައްޔަރުކުރީ ދައުލަތުން އައު އަމުރަކަށް އެދިގެންނެވެ.
އިކްރާމް ހައިކޯޓުން ދޫކޮށްލި މައްސަލައިގައި ފުލުހުން ދޮގު މަޢުލޫމާތު ދީފައިވާކަމަށް ހައިކޯޓުން ފާހަގަކޮށް، އެކަން ކަމާބެހޭ އިދާރާތަކުން ބަލަންޖެހޭ ކަމަށް މި މަހުގެ 1 ވަނަ ދުވަހު ނެރުނު ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި ކުށުގެ ތުހުމަތުގައިވާ މީހަކަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިދޭންޖެހޭނެ ކަމަށްވެސް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.









