Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޔޫއޭއީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 14 މީހުން މަރުވެ، 30 މީހުން ޒަހަމްވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
6 ގަޑިއިރު ކުރިން - 13 ނޮވެންބަރު 2026 00:29
ޔޫއޭއީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު---
ޔޫއޭއީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު---
ޚުލާސާ

ރޭ މެންދަމު ހިނގި މި ހާދިސާ މެދުވެރިވީ ޓްރަކެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް އެހެން އުޅަނދުތަކެއްގައި ޖެހި، އަލިފާން ރޯވުމުން. މަރުވި މީހުންގެ ތެރޭގައި ޔޫއޭއީ ރައްޔިތުންނާއި ބިދޭސީން ހިމެނޭއިރު، ޒަހަމްވި މީހުންގެ ތެރެއިން 15 މީހަކަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާގައި ހިނގި ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓެއްގައި މަދުވެގެން 14 މީހުން މަރުވެ، އިތުރު 30 މީހުން ޒަހަމްވެއްޖެއެވެ. ޖުމްލަ 18 ކާރާއި ފަސް ލޮރީ (ޓްރަކް) ޖެހި ހިނގި މި އެކްސިޑެންޓާ ގުޅޭ ތަފުސީލު ހާމަކޮށްފައިވަނީ ޔޫއޭއީގެ ދާހިލީ ވުޒާރާއިންނެވެ.

އެ ވުޒާރާއިން ބުރާސްފަތި ދުވަހު ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ މެންދަމު 12 ޖަހަން ކައިރިވެފައި ވަނިކޮށް (ގްރީންވިޗް މާގަޑިން 20:00 ގައި)، ފުޖައިރާއަށް ވަންނަ ދޮރޯށި ކައިރީގައެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޓްރަކެއްގެ ޑްރައިވަރަށް އުޅަނދު ކޮންޓްރޯލް ނުކުރެވި، އެހެން ޓްރަކެއްގައި ޖެހި، މަގުން ކަހާލައިގެން ގޮސް ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން މަޑުކޮށްގެން ތިބި ގިނަ އަދަދެއްގެ އުޅަނދުތަކެއްގައި ޖެހިގެންނެވެ.

މި ހާދިސާގައި އެއް ޓްރަކުގައި އަލިފާން ރޯވެ، ކައިރީގައި ހުރި އިތުރު އެތައް އުޅަނދަކަށް އަލިފާންގަނޑު ފެތުރިގެން ދިޔަ ކަމަށް ވެސް ދާހިލީ ވުޒާރާއިން މައުލޫމާތު ދެއެވެ.

Advertisement

Advertisement 1

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ހަރަކާތްތެރިވާ ހާއްސަ ޓީމުތަކުން މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެ ވުޒާރާއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވެއެވެ. އަދި ޒަހަމްވި މީހުންގެ ތެރެއިން ފަރުވާއަށް ފަހު 15 މީހަކު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އަނެއް 15 މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި މަރުވި 14 މީހުންގެ ތެރޭގައި އެމިރޭޓްސްގެ ރައްޔިތުންނާއި ބޭރު ގައުމުތަކުގެ ބައެއް ރައްޔިތުން ހިމެނެއެވެ. އަދި މަރުވި މީހުންގެ ވަނަވަރު ކަށަވަރުކުރުމަށްޓަކައި ޑީއެންއޭ ޓެސްޓުތައް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެއިތުރުން، މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ޔޫއޭއީ، އޮމާން، އިންޑިއާ، ބްރެޒިލް، ޕާކިސްތާން، އުރުދުން އަދި މިސްރުގެ ރައްޔިތުން ހިމެނޭ ކަމަށް ދާޚިލީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ޔޫއޭއީއެކްސިޑެންޓްމަގުމަތީގެ އެކްސިޑެންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރޭލު އެކްސިޑެންޓާއި ގުޅިގެން ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާދެއްވައިފި

ރޭލު އެކްސިޑެންޓާއި ގުޅިގެން ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާދެއްވައިފި

9 ދުވަސް ކުރިން - 07:00

ކަނޑަށް ތެޔޮ އެޅިގެން ޔޫއޭއީގެ ބައެއް ބީޗުތައް ބަންދުކޮށްފި!

ކަނޑަށް ތެޔޮ އެޅިގެން ޔޫއޭއީގެ ބައެއް ބީޗުތައް ބަންދުކޮށްފި!

20 ދުވަސް ކުރިން - 13:30

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ފުލުހެއްގެ ގައިގައި ޖެއްސީ ގަސްތުގައި: ސީޕީ

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ފުލުހެއްގެ ގައިގައި ޖެއްސީ ގަސްތުގައި: ސީޕީ

26 ދުވަސް ކުރިން - 13:14

ބޭސްފަރުވާއަށް ޑޮލަރު ދޫކުރުން ހާއްސަ ހަ ގައުމަކަށް އެމްއެމްއޭއިން ކަނޑައަޅައިފި

ބޭސްފަރުވާއަށް ޑޮލަރު ދޫކުރުން ހާއްސަ ހަ ގައުމަކަށް އެމްއެމްއޭއިން ކަނޑައަޅައިފި

30 ދުވަސް ކުރިން - 19:15

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 2 މީހަކު ވެންޓިލޭޓަރުގައި ފަރުވާދެނީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 2 މީހަކު ވެންޓިލޭޓަރުގައި ފަރުވާދެނީ

35 ދުވަސް ކުރިން - 12:44

އެކްސިޑެންޓު ހިނގަން މެދުވެރިވީ އެއްސައިކަލަކަށް ތިން މީހަކު އަރުވައިގެން ދުއްވުމުން: ޕޮލިސް

އެކްސިޑެންޓު ހިނގަން މެދުވެރިވީ އެއްސައިކަލަކަށް ތިން މީހަކު އަރުވައިގެން ދުއްވުމުން: ޕޮލިސް

36 ދުވަސް ކުރިން - 13:57