ސަރުކާރުން މާލެ ސަރަޙައްދުގައި ހިއްކަމުންދާ ތަންތަން ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅާލުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ސަރުކާރުގެ ތަރައްޤީގެ މާސްޓަރ ޕްލޭންގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެގަ މަޝްރޫޢެއް ކަމުގައިވާ ރަސްމާލެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތް ކުރަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި އެމްޓީސީސީ ގުޅިގެންނެވެ.
"ރައީސްގެ ވަރަށް ބޮޑު އުއްމީދެއް، ރަސްމާލެ، ގިރާވަރުފަޅު، ގުޅިފަޅު ތަރައްޤީވެގެން އަންނައިރު އިންޓަރ ކަނެކްޓެޑް ލިންކަކުން ދަތުރުފަތުރު ގުޅާލުމަކީ. އެމަސައްކަތް އެމްޓީސީސީން މިހާރުދަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅިގެން ކުރަމުން." ސަޢުދީ ވިދާޅުވިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ، މާލެ ސަރަޙައްދުގައި ހިއްކަމުންދާ ތަންތަނުގައި ބޭނުންކުރާނެ ދަތުރުފަތުރުގެ މޮޑެލްތައް މިހާރު ތައްޔާރުކުރަމުންދާ ކަމަށެވެ.
"މި މަޝްރޫޢުގެ މ މަޤްޞަދަކީ މާލެ ސަރަޙައްދުގައި ހިއްކަމުންދާ ރަށްތަކާއި، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށި ފަދަ ސަރަޙައްދުތައް ގުޅާލައި، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމިޒާމެއް ޤާއިމުކުރުން،" އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ސަބަބުން މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. އަދި މި މަޝްރޫޢު ފުރިހަމަވުމުން، މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުޞަތުތަކާއި ވިޔަފާރީގެ އައު ދޮރުތައް ހުޅުވިގެންދާނެ ކަމަށްވެސް ބެލެވެއެވެ.
މާލެ ސަރަޙައްދުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް ފެށޭ ގަޑި ހެނދުނު 6:00 އިން ފަތިހު 5:00 އަށް ބަދަލުކުރުމަކީވެސް މި މަޝްރޫޢުއާ ގުޅިފައިވާ މުހިންމު ބަދަލެއްކަމުގައެވެ. މީގެއިތުރުން، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަފާސްހިސާބުތަކާއި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުންފުނިން ކުރިއަށް ގެންދާނެކަމަށްވެސް އެމްޓީސީސީން ހާމަކުރައްވާފައިވެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތާއި، އިތުރު ތަފްޞީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް އެމްޓީސީސީންއިން ބުނެއެވެ.






