Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ކުޑަކުއްޖަކާ ބެހުނު މީހަކު 12 އަހަރަށް ޖަލަށް ލައިފި

ކުޑަކުއްޖަކާ ބެހުނު މީހަކު 12 އަހަރަށް ޖަލަށް ލައިފި

ކުޑަކުއްޖަކާ އެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ޖަލަށް ލާފައިވަނީ ރ. މާކުރަތު މީހެއް. މިއީ ކުޑަކުއްޖެއްގެ މަސްލަޙަތު ހިމެނޭ މައްސަލައެއް ކަމުން، ހުކުމުގެ ތަފްސީލު ކޯޓުން ހާމަކޮށްފައެއް ނުވޭ.

764 ދުވަސް ކުރިން - 14:09

މަގޫދޫ ސްކޫލްގެ ޚިދުމަތްތައް ރަނގަޅުކުރަން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަނީ

މަގޫދޫ ސްކޫލްގެ ޚިދުމަތްތައް ރަނގަޅުކުރަން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަނީ

ކައުންސިލުން 1,393,000 ރުފިޔާ ޚަރަދުކޮށްގެން ސްކޫލްގެ ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރުމާއި، ކޮމްޕިއުޓަރ ލެބެއް ހެދުމާއި، ޕާކެއް ހެދުމާއި، ލައިބްރަރީއެއް ހެދުމަށް ވަނީ ނިންމާފައި.

764 ދުވަސް ކުރިން - 13:59

ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

އ. ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ / ކެނެރީގެ، ޢަލީ މުމްތާޒް (37އ) އަދި ބަންގްލަދޭޝް މީހެއް ކަމުގައިވާ އިރުޝާދު މިއާ (29އ).

764 ދުވަސް ކުރިން - 12:47

ޑޮލަރު ވިއްކުމުގެ ނަމުގައި ސްކޭމް ކުރަނީ

ޑޮލަރު ވިއްކުމުގެ ނަމުގައި ސްކޭމް ކުރަނީ

ފުލުހުން ބުނީ ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް މަކަރާއި ޙީލަތުން ފައިސާ އަތުލުމުގެ ޢަމަލުތައް އިތުރުވަމުން އަންނަ ކަމަށް. ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެކަނިވެސް މަކަރާއި ޙީލަތުގެ 37 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައި.

764 ދުވަސް ކުރިން - 12:40

ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ފުލުހުން ހޯދަމުން އަންނަނީ ކ. މާލެ / ދަފްތަރު ނަންބަރު 2840، މުސްލިމް ޢަބްދުﷲ (25އ).

764 ދުވަސް ކުރިން - 12:29

ހުޅުމާލޭ ހަލިމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް، ދެމީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ހަލިމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް، ދެމީހަކަށް އަނިޔާވެއްޖެ

މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެދުނު 6:50 ހާއިރު. މި ދުވަސްކޮޅު އެކްސިޑެންޓުތައް އާންމުވެފައިވާއިރު ރައީސް ޑރ. މުޢިއްޒު ވަނީ މިފަދަ ހާދިސާތައް މަދުކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމަވާފަ. ނުރައްކާތެރި އެކްސިޑެންޓުތަކުގައި މި ހަފްތާ ތެރޭގައި ދެ ޒުވާނަކު ނިޔާވެފައިވޭ

764 ދުވަސް ކުރިން - 11:41

އެކްސިޑެންޓަށްފަހު ވެންޓިލޭޓަރުގައި އޮތް ޒުވާނާ ނިޔާވެއްޖެ

އެކްސިޑެންޓަށްފަހު ވެންޓިލޭޓަރުގައި އޮތް ޒުވާނާ ނިޔާވެއްޖެ

ލީވާން ނިޔާވީ އޭނާ ދުއްވި ސައިކަލް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާތާ 3 ދުވަސް ވެފައި ވަނިކޮށް

764 ދުވަސް ކުރިން - 10:31

ޔާންބެގެ‎ ފަރުވާއަށް ދިވެހި ޓިކްޓޮކް ކޮމިއުނިޓީގެ ފަރާތުން 210,000 ރުފިޔާ ލިބިއްޖެ

ޔާންބެގެ‎ ފަރުވާއަށް ދިވެހި ޓިކްޓޮކް ކޮމިއުނިޓީގެ ފަރާތުން 210,000 ރުފިޔާ ލިބިއްޖެ

މިސްޓާ މޯލްޑިވްސް ޔާންބެގެ ދެކިޑްނީ ފެއިލުވެ ކިޑްނީ ޓުރާންސްޕުލާންޓްކުރުމަށް ރުފިޔާ އެއްކުރުމަށް މިރޭ ބޭއްވި ޓިކްޓޮކް ފަންޑް ރައިޒިންގ އިވެންޓަކުން ވަނީ ގިނަ އަދަދެއްގެ ފައިސާ އެއްކުރެވިފައި. މިފަދަ އަދަދެއް އެއްކުރެވިފައިވަނީ 3 ގަޑި އިރު ތެރޭ.

765 ދުވަސް ކުރިން - 00:41

މިއަހަރު މިހާތަނަށް 1،907 އެކްސިޑެންޓު - ތަފާސް ހިސާބު

މިއަހަރު މިހާތަނަށް 1،907 އެކްސިޑެންޓު - ތަފާސް ހިސާބު

2024 ވަނަ އަހަރުގެ އޮގަސްޓު މަހާއި ހަމައަށް ރާއްޖޭގައި 1،907 އެކްސިޑެންޓު ހިނގާފައިވޭ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 431 އެކްސިޑެންޓުގެ އިތުރުވުުމެއް. ގިނަ އެކްސިޑެންޓުތައް ހިނގަނީ މާލެ ސަރަހައްދުގަ. މި އަހަރުގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މާޗު މަހުގައި ކަމަށްވާއިރު، އެ މަހު 301 އެކްސިޑެންޓު ހިނގާފައިވޭ، އަދި އެވްރެޖްކޮށް މަހަކު 200 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާކަމަށް ލަފާކުރެވޭ.

765 ދުވަސް ކުރިން - 21:16

ގާނޫނާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 105 އަންހެނުން ޑީޕޯޓުކޮށްފި

ގާނޫނާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 105 އަންހެނުން ޑީޕޯޓުކޮށްފި

މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އިންޑިއާ، ބަންގްލަދޭޝް، ވިއެޓްނާމް، ނޭޕާލް، އަދި ލަންކާއިން ރާއްޖެ އައިސް ގަވާއިދާ ހިލާފަށް ވިޔަފާރިކުރި 105 އަންހެނުން ޑީޕޯޓްކޮށްފައިވާއިރު، ގަވާއިދާ ހިލާފަށް އިތުރު މަސައްކަތްތެރިން ދެނެގަނެ ޑިޕޯޓް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

765 ދުވަސް ކުރިން - 20:58

ރައީސް މުޢިއްޒުގެ ޤައުމީ އެޖެންޑާގައި އިސްކންދެނީ ޤާނޫނު ހިމާޔަތް ކުރުމަށް  - ނައިބު ރައީސް

ރައީސް މުޢިއްޒުގެ ޤައުމީ އެޖެންޑާގައި އިސްކންދެނީ ޤާނޫނު ހިމާޔަތް ކުރުމަށް - ނައިބު ރައީސް

ނައިބު ރައީސް ށ. މާއުނގޫދޫގައި ބޭއްވުނު ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުޙައްމަދު މުޢިއްޒުގެ ޤައުމީ އެޖެންޑާގެ މުހިންމު ބައިތަކެއް ހާމަކުރެއްވި. މީގެ ތެރޭގައި ޤާނޫނު ހިމާޔަތްކުރުން، ޑްރަގުގެ ވަބާއިން ޤައުމު ސަލާމަތްކުރުން، އަމާންކަން ޤާއިމުކުރުން އަދި އާމްދަނީ އިތުރުކުރުމަށް އައު ސިނާޢަތްތައް ތަޢާރަފުކުރުން ހިމެނޭ

765 ދުވަސް ކުރިން - 19:39

ޤައުމިއްޔަތު އުގަންނައިދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ޤައުމިއްޔަތު އުގަންނައިދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ދިވެއްސަކަށް ވީތީ ފަޚުރުވެރިވާން ދަސްކޮށްދިނުމުގެ މުހިންމުކަމާއި، ދިވެހިބަހުގެ މުހިންމުކަން ފާހަގަކުރައްވާ، އަދި ސަރުކާރުގެ "ޕްރޯ މޯލްޑިވްސް" ސިޔާސަތާއި، ޑްރަގާއި ގޭންގް ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވާ، ބޮޑުތަކުރުފާނުގެ ޚިދުމަތްތައްވެސް ނައިބު ރައީސް ހަނދާންކޮށްދެއްވި

765 ދުވަސް ކުރިން - 19:31

Previous12345Next