މި އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުންދާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވޭ.
764 ދުވަސް ކުރިން - 20:20
ވީޑިއޯގައި ފެންނަނީ ސައިކަލުގެ ކުރިމަތީގައާއި، ފަހަތުގައާއި އަދި ދެ އަރިމަތީގައި މާގަސްތައް އަޅުވައިގެން ދުއްވަމުންދާ މަންޒަރު. މިފަދަ ނުރައްކާތެރި ޢަމަލުތަކުން ދުރުހެލިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ
764 ދުވަސް ކުރިން - 20:17
މަސްވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން މިފްކޯއިން 10 ޓަނާއި ހަމައަށް ކްރެޑިޓަށް އައިސް ދޫކުރަމުންދާއިރު، މަސްވެރިންނަށް ލަސްވެގެން 2 ހަފްތާގެ ތެރޭގައި ފައިސާ ދޫކުރުމަށް ސަރުކާރުން ނިންމައި، މިހާތަނަށް 1.1 ބިލިއަން ރުފިޔާ ދޫކޮށް، މަސް ކިރުމުގެ ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސަވާފަ.
764 ދުވަސް ކުރިން - 19:59
ފުލުހުން ބުނީ އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު 17:00 ގައި ރާއްޖެ ގެނެވިފައިވާ ކަމަށް. އޭނާގެ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ 22:00 ގައި ހުޅުމާލެ ސަހަރާގައި.
764 ދުވަސް ކުރިން - 18:08
ޝަމީމަށް ޙަމަލާ ދިން މައްސަލައިގައި ދަޢުލަތުން ދަޢުވާ ކުރަނީ ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމްގެ މައްޗަށް.
764 ދުވަސް ކުރިން - 17:59
ފަރުހާދު 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ މަދަނީ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގަ. އޭނާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފަ
764 ދުވަސް ކުރިން - 17:15
އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، މި މަޤާމަށް ޢައްޔަންކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
764 ދުވަސް ކުރިން - 17:13
މި ބިލުގައި، ރަށެއްގެ ނުވަތަ ސިޓީއެއްގެ ތަރައްޤީގެ ޕްލޭނާއި، ކައުންސިލުން ހަދައި ކަމާގުޅުންހުރި ޤައުމީ އިދާރާއިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އޮތްއޮތުން އުނިކޮށް، ތަރައްޤީގެ ޕްލޭން އޮންނަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންކަމުގައި ބަޔާންކޮށް ޤާނޫނު އިޞްލާޙުކޮށްފައިވޭ
764 ދުވަސް ކުރިން - 17:11
ބިނާވެށި ޕްލޭންކުރުމާއި ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ. މީގެ ސަބަބުން އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން އެކަށީގެންވާ ގޮތެއްގައި ދިވެހިރާއްޖޭގެ ބިން ތަރައްޤީކޮށް ބެލެހެއްޓުމަށް މަގުފަހިކުރާނެ
764 ދުވަސް ކުރިން - 17:06
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ފިރިހެން މީހާއަކީ ގއ. ކަނޑުހުޅުދޫ / ވިދާތަރި، 41 އަހަރުގެ އިކްލީލް އިބްރާހިމް. އޭގެ ކުރިން ފުލުހުން ވަނީ އެމައްސަލައިގައި ހިމެނޭ ސ.މަރަދޫ / އާއިޝަތު މަލްޖާ މޫސާ ދީދީ ކުންނާރުގެ، 27 ހައްޔަރު ކޮށްފަ. ދެމީހުންގެ ބަންދަށް ޖަހާފައިވަނީ 15 ދުވަސް
764 ދުވަސް ކުރިން - 16:33
މީގެތެރެއިން ގިނަ މަސައްކަތްތައް އަންނަ އަހަރަށް ނިންމާލެވޭނެ މިވަގުތު މަސައްކަތް ހިންގަމުންދާ އިތުރު 25 ރަށް މިއަހަރު ނިންމާލެވޭނެ.
764 ދުވަސް ކުރިން - 15:54
ނައިބު ރައީސްގެ މި ދަތުރުފުޅަކީ ޤައުމީ ދުވަހާ ގުޅިގެން ކުރެއްވި ދަތުރުފުޅަކަށް ވުމާއެކު، އަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް، އެ ރަށްރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވި
764 ދުވަސް ކުރިން - 14:32