އަލްއުސްތާޒު ހުސައިން ޝަމީމް މަގާމުން ދުރުކުރުމާ ގުޅިގެން އާ ޕްރޮސިކިއުޓާ ޖެނެރަލަކު އައްޔަން ކުރުމަށް ޕާލަމެންޓްގެ ޖަލްސާއެއް އަންނަ ބުދަ ދުވަހު ބާއްވަން ނިންމައިފި. ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ މަގާމަށް 30 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަން ޖެހޭނެ.
763 ދުވަސް ކުރިން - 14:16
ރައީސް ވަނީ އީ-ގަވަރނަންސް، ޑިޖިޓަލް ލިޓްރޭސީ، އަދި އިންކްލޫސިވް ޑިޖިޓަލް ޓްރާންސްފޯމަޝަން ކަށަވަރު ކުރުމަށް ގްލޯބަލް ކޯޕަރޭޝަން ފަދަ އިސްނެގުމަކަށް އަލިއަޅުވާލައްވާފަ. އިޤްތިޞާދީ ކުރިއެރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވި.
763 ދުވަސް ކުރިން - 13:57
ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައެއްގައި ސައިކަލު ޓޯ ކުރުމާ ގުޅިގެން، ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ލައިޓު ތަޅާލި މީހަކު ރޭ ފަތިހު ހައްޔަރުކޮށްފި. އޭނާގެ ހަށިގަނޑު ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ.
763 ދުވަސް ކުރިން - 13:23
ކުޑަކުދިންގެ ޕޯންގްރަފީ ހިމެނޭ ގޮތަށް ވިޔަފާރީގެ އުސޫލުން ހިންގި ޓެލެގްރާމް ޗެނަލްތަކެއް ފުލުހުން ބަންދުކުރިއިރު 241،000 އަށް ވުރެ ގިނަ ތަސްވީރާއި 86،000 ވީޑިއޯ ފެނިފައިވޭ. އޭގެ ފައިދާގެ ގޮތުގައި ދެ މިލިއަން ރުފިޔާ ލިބިފައިވޭ. އެ ޖަރީމާއާ ދެކޮޅަށް ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް ރިޕޯޓް ކުރުމަށް އިލްތިމާސް ކުރޭ
763 ދުވަސް ކުރިން - 13:21
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގަ. އެ މީހާގެ ޚަބަރެއް ނުވުމާ ގުޅިގެން ފުލުހުން އޭނާގެ ކޮޓަރިއަށް ވަދެ ބެލިއިރު، އޭނާ ވަނީ ޒަޚަމްވެފައި
763 ދުވަސް ކުރިން - 12:57
އޭނާއަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ އިސްލާހީ ފިޔަވަޅުތަކާއި ދެކޮޅަށް ދިވެހި ރައްޔިތުންނަށް ދަތިކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކާއި ގުޅިގެން ބީއެމްއެލްގެ ތެރެއިން ބަޣާވާތެއް ގެނެސް ސަރުކާރު ދެކެ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ޖަރީމާގައި ބައިވެރިވި މީހެއް. މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް މަޤާމުގައި ހުންނަވާނެ
763 ދުވަސް ކުރިން - 12:43
މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކޮށް ތިންމީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް 9 އެކައުންޓު ފުލުހުންގެ ބާރުގެދަށަށް ގެނެސް ސީޒް ކޮށްފައިވޭ
763 ދުވަސް ކުރިން - 12:20
ދިވެހި ސަރުކާރުން 200 ހެކްޓަރުގެ ދަނޑުވެރިކަމުގެ ޒޯނެއް އަންނަ އަހަރުގެ ޖެނުއަރީގައި ފަށާއިރު، ރާއްޖެއަށް އާންމުކޮށް އިމްޕޯޓްކުރާ ދަނޑުވެރިކަމުގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގަިއ ލިބޭނެ ގޮތް ހެދުމަށް ގްރީންހައުސް ފާމިންގ އަށް ސަމާލުކަން ދޭނެ
763 ދުވަސް ކުރިން - 09:47
ދިވެހި ސަރުކާރުން 200 ހެކްޓަރުގެ އެގްރިކަލްޗަރަލް އިކޮނޮމިކް ޒޯނެއް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ފަށަނީ. އުތުރު ތިލަފަޅުގެ މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ތަރުކާރީއާއި މޭވާ ލިބި، އިމްޕޯޓްކުރާ މިންވަރު ކުޑަވެ، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވާނެ.
763 ދުވަސް ކުރިން - 07:13
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ބިސް އިމްޕޯޓް ކުރުމަށް ބަރޯސާވުން ނައްތާލުމުގެ މަގުސަދުގައި މުޅި ރާއްޖެއަށް ބޭނުންވާ ވަރަށް ކުކުޅު ބިސް އުފެއްދުމަށް ޕޯލްޓްރީ ފާމެއް ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ރާވާފައި. މިކަން ފަށާނީ އުތުރު ތިލަފަޅުގެ ދަނޑުވެރިކަމުގެ ޒޯނުގައި
763 ދުވަސް ކުރިން - 06:47
މިކަން ހިންގަނީ ޕާކިސްތާނުގެ ނަމްބަރަކުން. އެއީ 1077883 348 92+ އިން ވަޓްސްއެޕް ވީޑިއޯ ކޯލް މެދުވެރިކޮށް. ވީޑިއޯ ކޯލްގައި ފެންނަނީ އިމިގްރޭޝަން ޔުނީފޯމު ލައިގެން، ފޭސް މާސްކު އަޅައިގެން ތިބޭ ބައެއް.
764 ދުވަސް ކުރިން - 22:57
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން, މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަކިކޮށްފި.
764 ދުވަސް ކުރިން - 20:34