ކުޑަކުދިންގެ ޕޯންގްރަފީއަށް ހާއްސަ 43 ޗެނަލް ހިމެނޭ ގޮތަށް ބަރަހަނާ އަދި ފާޅުކަން ބޮޑު ފޮޓޯ ހިއްސާކުރާ 571 ޓެލެގްރާމް ޗެނަލް ފުލުހުން ކާމިޔާބުކަމާއެކު ބްލޮކްކޮށްފި އެވެ. ކުޑަކުދިންގެ ޖުމްލަ 241،651 ފޮޓޯ އާއި 86،618 ވީޑިއޯ ފެނިފައިވާއިރު، އެ ނާޖާއިޒު ކޮންޓެންޓަށް ސަބްސްކްރައިބަރުންގެ ފަރާތުން ތުހުމަތު ކުރެވޭ ފަރާތްތަކަށް ދެ މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ސައިބަރ ކްރައިމް ސެންޓަރުން ފުޅާދާއިރާއެއްގައި ހިންގި ތަހުގީގަށް ފަހު، ޒުބައިރު އަލީ، ނަސީފް އަލީ، އަދި އިސްމާއިލް ރަބީހު ހައްޔަރުކޮށްފައިވެ އެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ކޮންޓެންޓް ފެތުރުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވުމުގެ ގޮތުން އެފަދަ އެއްވެސް ގަވާއިދާ ހިލާފު ކަމެއް އެނގޭނަމަ ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް ރިޕޯޓް ކުރުމަ ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.