Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫޢެއް ފަށަނީ

އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫޢެއް ފަށަނީ

ހުސައިން އިސްމާއިލް
681 ދުވަސް ކުރިން - 9 ސެޕްޓެންބަރު 2024 07:13
އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫޢެއް ފަށަނީ
ޚުލާސާ

ދިވެހި ސަރުކާރުން 200 ހެކްޓަރުގެ އެގްރިކަލްޗަރަލް އިކޮނޮމިކް ޒޯނެއް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ފަށަނީ. އުތުރު ތިލަފަޅުގެ މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ތަރުކާރީއާއި މޭވާ ލިބި، އިމްޕޯޓްކުރާ މިންވަރު ކުޑަވެ، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވާނެ.

ދިވެހިރާއްޖޭގެ ސަރުކާރުން ވަނީ އުތުރު ތިލަފަޅުގައި 200 ހެކްޓަރުގެ އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ތައާރަފްކޮށް، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު މަސައްކަތް ފެށުމަށް ހަމަޖެހިފައި ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ. 

ލޯކަލް ފުޑް ޕްރޮޑަކްޝަން އިތުރުކުރުމުގެ މަޤްސަދުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 100 ހެކްޓަރުގެ ގްރީންހައުސް ތަރައްގީކޮށް، ކޮންޓްރޯލް ކުރެވިފައިވާ މާހައުލެއްގައި އިމްޕޯޓް ކުރާ ތަފާތު ބާވަތްތައް އިންދައިގެން ކުރިއަށް ގެންދާނެ އެވެ. ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދިން އިވެންޓެއްގައި އެކަމަނާ ވިދާޅުވީ މިއީ އަޅުގަނޑުމެންގެ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. 

މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ދިވެހިިން އަމިއްލައަށް އުފައްދާ ކޮލިޓީ ކާނާ ދިވެހިންނަށް ލިބޭނެއެވެ.

Advertisement

Advertisement 1

އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގައި، ރައްޔިތުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެމުން މާލީ ބުރަ ކުޑަކުރުމަށް މި ދަނޑުވެރިކަމުގެ ޒޯނަކީ އުއްމީދީ ހައްލެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން ބައްދަލުކުރައްވަނީ: އުތުރު ތިލަފަޅުގެ ދަނޑުވެރިކަމުގެ މަޝްރޫޢަށް ޗައިނާގެ ފުރިހަމަ އެހީއާއި އެއްބާރުލުން ލިބޭނެ

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތައް އިމްޕޯޓް ކުރުން ނިމުމަކަށް ގެނަންނެޖެހޭކަމަށެވެ. މިޤައުމުގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި، ދިވެހި ހުރިހާ ރައްޔިތުންނަށް ފުދޭ މިންވަރަށް އުފެއްދުމަށް މަސައްކަތް ފަށްޓަވާފައިވާކަން ފާހަގަކުރައްވާ ރައީސް އޭރު ވިދާޅުވީ ފުޑް ސެކިއުރިޓީ ނުވަތަ ކާބޯތަކެތީގެ ޔަޤީންކަން މި ދައުރުގައި ފުރިހަމައަށް ޤާއިމްކުރައްވާނެކަމަށެވެ. އެކަމަށްޓަކައި އުތުރުތިލަފަޅުގައި ޚާއްޞަ ސަރަހައްދެއް ކަނޑައަޅުއްވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

މާފަންނު ހުޅަނގު ދާއިރާގެ ސަރުކާރުގެ ކެންޑިޑޭޓް އަހްމަދު މުސްތަފާ މުހައްމަދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވެއެވެ. "200 ހެކްޓަރުގެ ބިޔަ ބޮޑު ބިންހިއްކާ އަދި އެއާގުޅިގެން އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓާއެކީގަ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ މަސައްކަތް ހިންގާ، ރައްޔިތުން ދިރިއުޅޭ ރަށްރަށްވެސް ހިމަނައިގެން އުތުރާ ދެކުނުގެ މިކަހަލަ ބިން ހުރި ރަށްތަކުގަވެސް މި މަޝްރޫޢުގެ ބައިބައި ހިނގާނެ."

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމެއައިޑީ)، އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމްކުރުމަށް މިއަހަރުގެ މާޗު މަހުގެ 28ވަނަ ދުވަހު ވަނީ އެމްއޯޔޫއެއްގައި ސޮއި ވެސް ކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއައިޝަތު ރަމީލާ (ކުރީގެ މިނިސްޓަރ)އުތުރު ތިލަފަޅުމޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

16 ގަޑިއިރު ކުރިން - 18:38

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

21 ގަޑިއިރު ކުރިން - 13:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

5 ދުވަސް ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

6 ދުވަސް ކުރިން - 11:20