ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ކާރލް ސްޓުމްކަ އިއްޔެ އެ މަޤާމުން އިސްތިއުފާ ދެއްވައިފިކަމަށް ބީއެމްއެލްއިން ބުނެފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ބީއެމްއެލްއެލްއިން ނެރުނު ރަސްމީ އެންގުމެއްގައެވެ.
ކާރލް ސްޓުމްކަ ބީއެމްއެލްގެ ސީއީއޯގެ މަޤާމަށް އައްޔަނުކުރެވުނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް، އޭނާ އެ މަޤާމުގައި ހުންނަވާނީ މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިންގ (އީޖީއެމް) އާ ހަމައަށް ކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.
ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ، އާ ސީއީއޯއެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުގައި، އެ ބޭންކުގެ ސީއީއޯގެ މަޤާމުގައި ހުންނަވާނީ ޑެޕިއުޓީ ސީއީއޯ ކަމަށެވެ. އަދި އާ ސީއީއޯއެއް އައްޔަނުކުރުމުގެ މަސައްކަތް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
އޭނާއަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ އިސްލާހީ ފިޔަވަޅުތަކާއި ދެކޮޅަށް ދިވެހި ރައްޔިތުންނަށް ދަތިކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކާއި ގުޅިގެން ބީއެމްއެލްގެ ތެރެއިން ބަޣާވާތެއް ގެނެސް ސަރުކާރު ދެކެ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ޖަރީމާގައި ބައިވެރިވި މީހެކެވެ.









