Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮންނަ 90،000 އަކަފޫޓުގެ ބިން ޕާކިންގއަށް ދޭން ނިންމައިފި

ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮންނަ 90،000 އަކަފޫޓުގެ ބިން ޕާކިންގއަށް ދޭން ނިންމައިފި

އެ ބިމުގެ 50,000 އަކަފޫޓު ޓެކްސީއާއި އާންމު ވެހިކަލްތަކަށް ޚާއްޞަކުރެވޭއިރު، 40,000 އަކަފޫޓު ފުލުހުން ޓޯކުރާ ވެހިކަލްތަކަށް ޚާއްޞަކުރެވޭނެކަމަށް ޓްރާސްޕޯޓް މިނިސްޓަރ އަމީން ވިދާޅުވި.

763 ދުވަސް ކުރިން - 19:28

ހުޅުމާލޭގައި އެމްޓީސީސީގެ ދެ ބަސް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި އެމްޓީސީސީގެ ދެ ބަސް ޖެހި އެކްސިޑެންޓެއް ހިނގައިފި

މި ހާދިސާ ހިނގާފައިވަނީ ވިނަރެސް ފްލެޓް ކައިރީގައި. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައި.

763 ދުވަސް ކުރިން - 19:26

އެމްޑީޕީން ޒިންމާދާރު އޮޕޮޒިޝަނެއްގެ މަސައްކަތެއް ނުކުރޭ: އަސަދުﷲ

އެމްޑީޕީން ޒިންމާދާރު އޮޕޮޒިޝަނެއްގެ މަސައްކަތެއް ނުކުރޭ: އަސަދުﷲ

އަސަދުﷲ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު މެމްބަރުން މިހާރަށްވުރެ އިތުރުވާން ޖެހޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި އެމްޑީޕީއަށް ވުރެ މާ ރަނގަޅަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިހާރު ތިބި ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ވެސް ކުރަމުން އަންނަ ކަމަށް. އަދި އެމްޑީޕީން ހަމައެކަނި ކުރާ ކަމަކީ ސަރުކާރާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފެތުރުން ކަމަށްވެސް ވިދާޅުވި.

763 ދުވަސް ކުރިން - 19:22

ޖަނަވާރުތަކަށް ބޭނުންވާ ބޭސްފަރުވާ ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރަމީލާ ވިދާޅުވެއްޖެ

ޖަނަވާރުތަކަށް ބޭނުންވާ ބޭސްފަރުވާ ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރަމީލާ ވިދާޅުވެއްޖެ

ގޭބިސީތަކުގައި ގެންގުޅޭ ޖަނަވާރުތަކަށް ބޭނުންވާ ބޭސްފަރުވާ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވެއްޖެ. ރަމީލާ ވިދާޅުވީ ވެޓެރިނަރީ ޚިދުމަތް ފުޅާކުރުމާއި، ކްލިނިކްތައް ޤާއިމްކުރުމާއި، ޚާއްޞަ ޑޮކްޓަރުންނާއި ނަރުހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް.

763 ދުވަސް ކުރިން - 18:35

ބަންކަރިންގ ޚިދުމަތް ފެށުމުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް މާހިރުން ލަފާކުރޭ

ބަންކަރިންގ ޚިދުމަތް ފެށުމުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް މާހިރުން ލަފާކުރޭ

ބަންކަރިންގ ޚިދުމަތް ފެށުމުން ޤައުމަށް މުހިންމު އާމްދަނީއެއް ލިބި، އިޤްތިޞާދީ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބޭނެ ކަމަށް ކަނޑުދަތުރުފަތުރުގެ ދާއިރާގެ މާހިރުން ލަފާކުރޭ. ބަންކަރިންގ ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފުކުރެވޭނީ އިހަވަންދިއްޕޮޅުގައި. މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ބައެއް.

763 ދުވަސް ކުރިން - 18:20

7 ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން, އެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

7 ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން, އެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުތަކެއްގައި، 7 ޤައުމަކުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުން އެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފި. މި ޤައުމުތަކަކީ އަލްޖީރިއާ، ޑިބުޓީ، އާޒަރުބައިޖާން، ބަލްގޭރިއާ، ވިއެޓްނާމް، ޖޯޖިއާ އަދި ޤަތަރު. ރައީސް ވަނީ އައު ސަފީރުންނަށް މަރުޙަބާ ވިދާޅުވެ، އެ ޤައުމުތަކާއެކު ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ.

763 ދުވަސް ކުރިން - 18:17

ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ކުރިއެރުން ބެލުމަށް ގެދޮރުވެރިކަމުގެ ވުޒާރާއިން މުއައްސަސާތަކާ ބައްދަލުކުރަން ފަށައިފި

ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ކުރިއެރުން ބެލުމަށް ގެދޮރުވެރިކަމުގެ ވުޒާރާއިން މުއައްސަސާތަކާ ބައްދަލުކުރަން ފަށައިފި

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) މަޝްރޫޢުތަކުގެ ކުރިއެރުން ބެލުމަށް އެކި މުއައްސަސާތަކާ ބައްދަލުކުރަން ފަށައިފި. މިހާތަނަށް 10 މުއައްސަސާއަކާ ބައްދަލުކޮށްފައިވާއިރު، މި ބައްދަލުވުންތަކުގެ މަޤްޞަދަކީ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބަލައި، ދިމާވާ ދަތިތަކަށް ޙައްލު ހޯދައި، މަސައްކަތްތައް އަވަސްކުރުން. މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، 2025 ވަނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް.

763 ދުވަސް ކުރިން - 18:08

5 މިލިއަން ގަސް ޕްރޮޖެކްޓް: ރިސޯޓްތަކުގައި ގަސް އިންދުން އަވަސްކުރުމަށް މަޝްވަރާކޮށްފި

5 މިލިއަން ގަސް ޕްރޮޖެކްޓް: ރިސޯޓްތަކުގައި ގަސް އިންދުން އަވަސްކުރުމަށް މަޝްވަރާކޮށްފި

ސަރުކާރުގެ 5 މިލިއަން ގަސް ޕްރޮޖެކްޓްގެ ދަށުން ރިސޯޓްތަކުގައި ގަސް އިންދުން އަވަސްކުރުމާ ގުޅޭގޮތުން މިއަދު ހެނދުނު ޓޫރިޒަމް މިނިސްޓްރީގައި މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި ގެދޮރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު ނާއިފް އާއި ޓޫރިޒަމް ވަޒީރު އިބްރާހިމް ފައިސަލް ބައިވެރިވެ ވަޑައިގެންނެވި. މި ޕްރޮޖެކްޓަކީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ޤައުމީ ޕްރޮޖެކްޓެއް.

763 ދުވަސް ކުރިން - 18:05

އޯލެވެލް ގަދަ 10ގެ ކާމިޔާބީ އުސޫލާ އެއްގޮތަށް ފާހަގަކުރާނެ: ޝަފީއު

އޯލެވެލް ގަދަ 10ގެ ކާމިޔާބީ އުސޫލާ އެއްގޮތަށް ފާހަގަކުރާނެ: ޝަފީއު

އޯލެވެލް އިމްތިހާނުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ދަރިވަރުންނަށް އިނާމު ދެވުނު ނަމަވެސް، އޯލެވެލްގެ އެންމެ މޮޅު ދިހަ ދަރިވަރުންގެ ކާމިޔާބީ މިނިސްޓްރީގެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިތުރު ހަފްލާއެއްގައި ފާހަގަކުރެވޭ ގޮތަށް ވަނީ ނިންމާފައި.

763 ދުވަސް ކުރިން - 18:00

ސޯސަން މަގުގައި ހުންނަ ކެފޭއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ސޯސަން މަގުގައި ހުންނަ ކެފޭއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ހ. ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ އިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މެންދުރު 14:47 ގައި. އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު ސަލާމަތަށްޓަކައި ކައިރި ގެތަކުން ވެސް މީހުން ނެރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން.

763 ދުވަސް ކުރިން - 15:50

ހިރިމަރަދޫ މީހުން ތުލުސްދޫއަށް ބަދަލުކޮށްދޭން އެދިއްޖެ

ހިރިމަރަދޫ މީހުން ތުލުސްދޫއަށް ބަދަލުކޮށްދޭން އެދިއްޖެ

ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ބޭނުންވަނީ މާލެ ސަރަޙައްދުގެ ރަށަކަށް ހިޖުރަ ކުރަން ކަމަށާއި ތުލުސްދޫ ޚިޔާރުކޮށްފައިވަނީ އެ ރަށަށް ހިޖުރަކުރެވޭ ވަރަށް ބިން އޮތުމުން ކަމަށް.

763 ދުވަސް ކުރިން - 14:53

ހުޅުމާލެއިން ދޫކޮށްފައިވާ ހުސް ގޯތިތަކަށް ކާރެއް ރަޖިސްޓްރީ ކުރެވޭ ގޮތް ހަދައިފި

ހުޅުމާލެއިން ދޫކޮށްފައިވާ ހުސް ގޯތިތަކަށް ކާރެއް ރަޖިސްޓްރީ ކުރެވޭ ގޮތް ހަދައިފި

އެޗްޑީސީން ބުނީ އެފަދައިން ހުސް ބިމަށް ރަޖިސްޓްރީ ކުރެވޭނީ އެންމެ ކާރެއް ކަމަށާއި ރަޖިސްޓްރީ ކުރެވޭނީ ގޯތީގެ ވެރިފަރާތާ ނުވަތަ ވެރިފަރާތާ ޢާއިލީ ގޮތުން ގުޅުން އޮންނަ މީހެއްގެ ކާރެއް ކަމަށް. އަދި ރަޖިސްޓްރީ ކުރަން ހުށަހަޅާ މީހަކީ ވެރިފަރާތް ނޫން ނަމަ ވެރިފަރާތާ ޢާއިލީ ގޮތުން ގުޅުން އޮންނަ މީހެއް ކަން ސާބިތުކޮށްދިނުމަށް ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނި.

763 ދުވަސް ކުރިން - 14:40

Previous12345Next