އޯލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ ކާމިޔާބީ އުސޫލާ އެއްގޮތަށް ފާހަގަކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މި ވާހަކަ ވިދާޅުވީ "މަތީ އަރުތަވެރިންގެ އިނާމް" ދިނުމުގެ ޖަލްސާއާ ގުޅޭގޮތުން ދެއްވި ބަޔާނެއްގައެވެ.
މިނިސްޓަރުގެ ބަސްފުޅުގައި، "މަތީ އަރުތަވެރިންގެ އިނާމް" ދިނުމުގެ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މި ޖަލްސާއަށް ދަޢުވަތު ދިނުމާ ގުޅޭގޮތުން ބައެއް ބެލެނިވެރިން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.
އެގޮތުން ބައެއް ބެލެނިވެރިން ސުވާލު އުފައްދަމުންދަނީ ގަދަ 10 ގައި ހިމެނުނު ހުރިހާ ދަރިވަރުންނަށް ދައުވަތު ނުދީ، އެއްވަނައިގައި ހިމެނުނު ދަރިވަރުންނަށް އެކަނި ދައުވަތު ދީފައިވާ ކަމަށް ބުނެއެވެ.
މި ކަމާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓަރު ދެއްވި ބަޔާނުގައި ވިދާޅުވީ އޯލެވެލް އިމްތިހާނުގެ އެންމެ މޮޅު ދިހަ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމާ ބެހޭގޮތުން ބައެއް ފަރާތްތަކުން ޞައްޙަނޫން މަޢުލޫމާތު ފެތުރުމުގެ ޙަރަކާތްތަކެއް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ..
"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގައި، އޯލެވެލް އިމްތިހާނުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ދަރިވަރުންނަށް އިނާމު ދެވުނު ނަމަވެސް، އޯލެވެލްގެ އެންމެ މޮޅު ދިހަ ދަރިވަރުންގެ ކާމިޔާބީ މިނިސްޓްރީގެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިތުރު ހަފްލާއެއްގައި ފާހަގަކުރެވޭނެ ކަމުގައި މިނިސްޓަރު ހާމަކުރެއްވިއެވެ.
"އޯލެވެލް ނިންމާ އިމްތިހާންތަކުން އެންމެ ރަގަޅު 10 ނަތީޖާ ހޯދާ ދަރިވަރުންގެ ކާމިޔާބީ މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ފާހަގަކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އެންމެ ފަހުން ބޭއްވި އޭލެވެލް އިމްތިހާނުގައި 3,268 ދަރިވަރުން ބައިވެރިވިއެވެ. އޭގެތެރެއިން 400 އަށްވުރެ ގިނަ ދަރިވަރުން ގަދަ 10 ގައި ހިމެނުނެވެ. މި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަކީ ޤައުމީ ފެންވަރުގައި މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭކަން މިނިސްޓަޓަރުގެ ބަސްފުޅުން ހާމަވެއެެއެވެ.









