Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީން ޒިންމާދާރު އޮޕޮޒިޝަނެއްގެ މަސައްކަތެއް ނުކުރޭ: އަސަދުﷲ

އެމްޑީޕީން ޒިންމާދާރު އޮޕޮޒިޝަނެއްގެ މަސައްކަތެއް ނުކުރޭ: އަސަދުﷲ

އަައިޝަތު ޒީނާ
685 ދުވަސް ކުރިން - 9 ސެޕްޓެންބަރު 2024 19:22
ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް.
ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް.
ޚުލާސާ

އަސަދުﷲ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު މެމްބަރުން މިހާރަށްވުރެ އިތުރުވާން ޖެހޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި އެމްޑީޕީއަށް ވުރެ މާ ރަނގަޅަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިހާރު ތިބި ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ވެސް ކުރަމުން އަންނަ ކަމަށް. އަދި އެމްޑީޕީން ހަމައެކަނި ކުރާ ކަމަކީ ސަރުކާރާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފެތުރުން ކަމަށްވެސް ވިދާޅުވި.

އިދިކޮޅު މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޒިންމާދާރު އޮޕޮޒިޝަން ޕާޓީއެއްގެ މަސައްކަތް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް ވިދާޅުވެއްޖެއެވެ.

"އަސްލު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަސަދުﷲ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު މެމްބަރުން މިހާރަށްވުރެ އިތުރުވާން ޖެހޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި އެމްޑީޕީއަށް ވުރެ މާ ރަނގަޅަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިހާރު ތިބި ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ވެސް ކުރަމުން އަންނަ ކަމަށެވެ.

އަސަދުﷲ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވާކަމަށް ބުނެ ރައްޔިތުންނަށް އެމްޑީޕީން ދައްކަން އުޅޭ މަންޒަރަކީ ވަޒީރަކު މަޖިލީހަށް ހާޒިރުކޮށްގެން ވަކި ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ލައިޓް ނުޖެހި ހުރީ ކީއްވެތޯ ސުވާލުކުރުން ކަމަށެވެ. އަދި މިއީ ސަރުކާރު ޖަވާބުދާރީ ކުރުވުން ނޫން ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނީ އެޔަށްވުރެ ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ކަމަށް އަސަދުﷲ ވިދާޅުވިއެވެ.

Advertisement

Advertisement 1

އަސަދުﷲ ވިދާޅުވީ އެފަދަ އެއްވެސް ބޮޑު މަސައްކަތެއް އެމްޑީޕީން ނުކުރާ ކަމަށާއި، މަޖިލީހުގެ މެޖޯރިޓީ ނެތުމުން ސަރުކާރު ޖަވާބުދާރީ ނުކުރެވޭކަމަށް އެބޭފުޅުންނަށް ބުނެވެން ވެސް އޮންނާނީ ކޮންމެވެސް މަސައްކަތެއް ކޮށްގެން ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީން ހަމައެކަނި ކުރާ ކަމަކީ ސަރުކާރާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފެތުރުން ކަމަށާއި، އެފަދަ ވާހަކަތައް ފެތުރުމަށް އެބޭފުޅުން ގިނަ މެމްބަރުން ބޭނުންވާނަމަ އެއީ އެއްވެސް ވަރަކަށް ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް އަސަދުﷲ ވިދާޅުވިއެވެ.

އަސަދުﷲ ވިދާޅުވީ ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ތިބީ ރައްޔިތުންނަށް އެތައް ވަޢުދުތަކެއްވެފައި ކަމަށާއި، ރައްޔިތުންގެ އުންމީދުތައް މި ސަރުކާރުން ފުނޑުފުނޑު ނުކޮށްލާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައި ހުރި ހުރިހާ ވަޢުދުތަކެއް ވެސް ރަނުން ރަނަށް ފުއްދުމުގެ މަސައްކަތް ސަރުކާރުގެ މެމްބަރުން ކުރަމުން އަންނަ ކަމަށް އަސަދުﷲ ވިދާޅުވިއެވެ.

މެމްބަރު އަސަދުﷲ ޝިހާބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެންޓިލޭޓަރު ވައްކަން ކުރަން ފައިސާ ދެއްކި މީހާ ހޯދައި އޭނާއަށް ވެސް ފިޔަވަޅު އަޅަންޖެހޭ: އަސަދުﷲ

ވެންޓިލޭޓަރު ވައްކަމަށް ފައިސާ ދެއްކި މީހާ ހޯދަންޖެހޭ

467 ދުވަސް ކުރިން - 22:40

ދެއްވަދޫއަކީ ރައީސްގެ ދެވަނަ ރަށް: މެންބަރު އަސަދުﷲ

ދެއްވަދޫއަކީ ރައީސްގެ ދެވަނަ ރަށް: އަސަދުﷲ

563 ދުވަސް ކުރިން - 12:04

2025 ގެ ބަޖެޓަކީ އެމްޑީޕީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ޖައްސާފައި ދިޔަ ބިކަ ޙާލުން ސަލާމަތް ކުރާނެ ބަޖެޓު: އަސަދުﷲ

ބަޖެޓް 2025: ގެމަނަފުށި ދާއިރާއަށް އުއްމީދީ ބަޖެޓެއް

615 ދުވަސް ކުރިން - 15:27

ފުރާ ބިދޭސީން އަތުން ފީ ނަގަނީ ޕާޓީއަށް މަސައްކަތް ކޮށްދިން ފަރާތްތަކަށް ބަދަލުދޭކަށް ނޫން: އަސަދު

އެއާޕޯޓުން ފީ ނަގަނީ ޤައުމުގެ ތަރައްޤީއަށް: އަސަދު

648 ދުވަސް ކުރިން - 16:24

އެއާޕޯޓު ޓެކްސް ބޮޑުކުރަނީ، އިކޮނޮމީ ކްލާހުން ފުރާ ދިވެހިންގެ ޓެކުހަށް ބަދަލެއް ނާދޭ

އެއާޕޯޓު ޓެކްސް ބޮޑުކުރަނީ

650 ދުވަސް ކުރިން - 13:33

ޕީއެންއެފް އަކީ ސިޔާސީ ޕާޓީއެއްގޮތަށް ޤަބޫލެއް ނުކުރެވޭ: އަސަދުﷲ

ޕީއެންއެފް އަކީ ސިޔާސީ ޕާޓީއެއްގޮތަށް ޤަބޫލެއް ނުކުރެވޭ: އަސަދުﷲ

685 ދުވަސް ކުރިން - 19:31