ގެމަނަފުއްޓާއި ކަނޑުހުޅުދޫގެ ޒުވާން ފުޓްސަލް ކުޅުންތެރިންނަށް އަމާޒުކޮށްގެން، SANN ފުޓްސަލް ޗެލެންޖް 2026 ރަސްމީކޮށް ހުޅުވައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 100,000 ރުފިޔާގެ ބޮޑު އިނާމެއް ވަނީ ހުށަހަޅާފައެވެ.
ގެމަނަފުށީ އެސޯސިއޭޝަން ފޮރ ޔޫތު އެމްޕަވަރމަންޓް އޮފް ގެމަނަފުށި (AYEG) އިން އިންތިޒާމުކުރާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މިއީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި ބާއްވާ މުބާރާތެކެވެ. މީގެ އިތުރުން ދެ ރަށުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވެސް މި މުބާރާތުން މަގުފަހިވާނެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 100,000 ރުފިޔާގެ ބޮޑު އިނާމެއް ލިބޭއިރު، ދެވަނަ ހޯދާ ޓީމަށް 25,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަސަދުﷲ ޝިހާބްގެ ފުރިހަމަ އެއްބާރުލުމާއެކުއެވެ.
މުބާރާތާ ގުޅޭގޮތުން ޚުލާސާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެންބަރު އަސަދު ވިދާޅުވީ ޒުވާނުންނަކީ އަޅުގަނޑުމެންގެ މުސްތަގުބަލު ކަމަށާއި އެކުދިންގެ ހުނަރުތަކަށް އެހީތެރިވެ، ފުރުސަތުތައް ތަނަވަސްކޮށްދީ، ކުޅިވަރުގެ ތެރެއިން ބާރުވެރިކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.
ޓީމުތަކަށް މި މުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މުބާރާތުގެ ގުރު ނެގުން އޮންނާނީ ޑިސެމްބަރު 15 ވަނަ ދުވަހުއެވެ.
މުބާރާތަށް ރަޖިސްޓްރީވުމަށް ބޭނުންފުޅުވާ ޓީމުތަކުން ތިރީގައިވާ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ:
https://sites.google.com/view/gcaft25/gcaft25
އިތުރު މައުލޫމާތު ހޯދުމަށް 9992551 އަށް ގުޅުއްވުން އެދެމެވެ.



