ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ 22 މަޝްރޫޢުއެއް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކޮށް، އެ ކުންފުނިން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، މިވަގުތުވެސް އެމްޑަބްލިއުއެސްސީއިން 25 ރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި ރަށްތަކުގެ ތެރެއިން 2 ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާނެކަމަށް މަތީން ވިދާޅުވިއވެ.
މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށާ މި ހުރިހާ ރަށްތަކުގެވެސް މިހާރު ވަނީ %85-%95 މަސައްކަތް ނިމިފައެވެ.
"މި ހުރިހާ ރަށްތަކުގެވެސް މިހާރު ވަނީ %85-%95 މަސައްކަތް ނިމިފައި. 5 ރަށެއްގެ ޢަމަލީ މަސައްކަތް މުޅިން ނިންމައިފިން. އަމާޒަކީ އެހެން ހުރިހާ ރަށްތަށް މިއަހަރުގެ ނިޔަލަށް ނިންމުން." މަތީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރާއެކު މަޝްވަރާކޮށްފައިވާ ގޮތަށް 22 ރަށުގެ މަސައްކަތާ އެމްޑަބްލިއުއެސްސީއިން ހަވާލުވެ ސަރވޭއާދި ޕްރޮޕޯޒަލް ހަދާ، މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އަދި މީގެތެރެއިން ގިނަ މަސައްކަތްތައް އަންނަ އަހަރަށް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.









