ށ. އަތޮޅުގެ މާއުނގޫދޫ އާއި ފުނަދޫއަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ކުރެއްވި ދަތުރުފުޅުގައި އެ ދެރަށުގެ ރައްޔިތުން ދެއްވި ހޫނު މަރުހަބާ އާއި މެހެމާންދާރީއަށްޓަކައި އެ ދެރަށު ރައްޔިތުންނަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފިއެވެ.
ނައިބު ރައީސް އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ށ. އަތޮޅަށް ކުރި ދަތުރުގައި، މާއުނގޫދޫ އާއި ފުނަދޫއިން ކީ ހޫނު މަރުޙަބާ އާއި ފުރިހަމަ މެހެމާންދާރީއަށްޓަކައި އެ ދެރަށާއި އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" ކަމަށެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅަކީ ޤައުމީ ދުވަހާ ގުޅިގެން ކުރެއްވި ދަތުރުފުޅަކަށް ވުމާއެކު، އަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް، އެ ރަށްރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.









