Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަރާމާތަށް ފަހު އާސަހަރާ މިސްކިތުގެ ތިރީ ބައި ހުޅުވައިފި

މަރާމާތަށް ފަހު އާސަހަރާ މިސްކިތުގެ ތިރީ ބައި ހުޅުވައިފި

އަައިޝަތު ޒީނާ
683 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2024 14:07
އާސަހަރާ މިސްކިތުގެ ތިރީ ބައި. ފޮޓޯ: މާލެ ސިޓީ ކައުންސިލް
އާސަހަރާ މިސްކިތުގެ ތިރީ ބައި. ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޚުލާސާ

އާޒިމް ވިދާޅުވީ މި ހިނގާ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އާސަހަރާ މިސްކިތުގެ މަތީ ބަޔާއެކު އެއްކޮށް ނިމި، ކުރިއެކޭވެސް އެއްފަދައިން މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންތައްތައް އާސަހަރާގައި ބޭއްވުމަށް ހަމަޖެހިގެންދާނެ ކަމަށް. އާސަހަރާ މަރާމާތުކުރުމުގެ މުޅި މަޝްރޫޢަށް 11.6 މިލިއަން ރުފިޔާ ހޭދަވާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައި.

ވަރަށް ބޮޑު މަރާމާތަކަށް ފަހު މާލޭގައި ހުންނަ އާސަހަރާ މިސްކިތުގެ ތިރީބައި ހުޅުވައިފިއެވެ.

މި މިސްކިތް އަލުން ހުޅުވާފައިވަނީ މިއަދުގެ ހުކުރު ނަމާދަށެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ މި ހިނގާ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އާސަހަރާ މިސްކިތުގެ މަތީ ބަޔާއެކު އެއްކޮށް ނިމި، ކުރިއެކޭވެސް އެއްފަދައިން މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންތައްތައް އާސަހަރާގައި ބޭއްވުމަށް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާތައް ބޭއްވުމަށް ހުޅުމާލެއަށް މިހާރު ދާން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫތަކަށް މިކަމުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement

Advertisement 1

އާޒިމް ވިދާޅުވީ އާސަހަރާ މިސްކިތް އެއްކޮށް މަރާމާތުކޮށް ނިމޭއިރު މީހުން ހިނެވުމަށް 4 ތަނެއް ހުންނާނެ ކަމަށާއި ނަމާދުކުރާ ސަރަޙައްދާއި މަޑުކޮށްލައިގެން ތިބޭ ސަރަޙައްދުވެސް އޭސީކޮށްފައިވާ ކަމަށެވެ. އަދި މަސައްކަތް އެއްކޮށް ނިމޭއިރު އުމުރުން ދުވަސްވީ މީހުންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ފާޚާނާއާއެކު އެ ފަރާތްތަކަށް ފަސޭހަކަމާއެކު ސަހަރާތެރޭގައި އުޅެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާސަހަރާ އެއްކޮށް ނިމޭއިރު ގާތްގަނޑަކަށް 3200 އަކަފޫޓަށް ބޮޑުކުރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ އާސަހަރާ މަރާމާތުކުރުމުގެ މުޅި މަޝްރޫޢަށް 11.6 މިލިއަން ރުފިޔާ ހޭދަވާކަމަށެވެ.

މާލެ ސިޓީ ކައުންސިލްމޭޔަރު އާދަމް އާޒިމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

30 ދުވަސް ކުރިން - 12:01

މޭޔަރު އާޒިމަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި

މޭޔަރަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

87 ދުވަސް ކުރިން - 17:54

އެމްޑީޕީ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފި؛ ޕާޓީ ތެރޭގެ ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ހިނގި ނުރައްކާތެރި ހާދިސާއެއް

އެމްޑީޕީ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފި

88 ދުވަސް ކުރިން - 00:25

އަޅުގަނޑަކީ މޭ އައްޑަނައަކަށް ދިއްކުރި މީހެއް. އަބަދުވެސް އިސްކުރާނީ ގައުމާއި ރައްޔިތުން: ޖަލީލް

އަޅުގަނޑު އަބަދުވެސް އިސްކުރާނީ ގައުމާއި ރައްޔިތުން: ޖަލީލް

110 ދުވަސް ކުރިން - 12:42

މާލޭގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ހޮވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އުއްޗު ތާއީދުކުރައްވައިފި

ޖަލީލް ހޮވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އުއްޗު ތާއީދުކުރައްވައިފި

114 ދުވަސް ކުރިން - 19:13

މި މަގާމަށް ކުރިމަތިލީ މާލޭގައި ދިރިއުޅޭ އާއިލާތަކުގެ ހާލަތު ވަރަށް ގާތުން އިހުސާސްކުރެވޭތީ: އަލައިކާ

"އ.ތ.މ ކޮމެޓީއަކީ ހަމައެކަނި ނަމެއްގައި އޮންނަންޖެހޭ ތަނެއްނޫން"

121 ދުވަސް ކުރިން - 16:08