ކުރިއަށް އޮތް ހަފްތާތަކުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށް ނުވާނަމަ ރޭޑްތައް އިތުރު ކުރަން ރާވާފައިވާކަން އިމިގްރޭޝަނުން ބުނެފިއެވެ. މި ނިންމުން ނިންމާފައި ވަނީ ބްލެކް މާކެޓް ޑޮލަރުގެ ރޭޓް މައްޗަށް ގޮސް، ކުއްލި ހާލަތްތަކުގައި ތިބި އަދި ސިއްހީ ފަރުވާއަށް ބޭނުންވާ މީހުންނަށް އަސަރު ކުރަމުން ދަނިކޮށެވެ.
އިމިގްރޭޝަނުން މިއަދު ހިންގި ރެއިޑެއްގައި ފަސް ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި އަމަލުތަކުގެ މަގުސަދަކީ ކަޅު ބާޒާރުގެ ރޭޓްތައް މައްޗަށް ދިއުމުން އާންމުންނަށް ކުރާ އަސަރު ކުޑަކޮށް، އިންސާފުވެރި އަގެއްގައި ޑޮލަރު ލިބޭނެ ގޮތް ކަށަވަރު ކުރުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.








