Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

އީޔޫ އިން 110 މިިލިޔަން ރުފިޔާގެ އެހީއެއް ތިމާވެށީގެ މަޝްރޫޢުތަކަށް ދީފި

އީޔޫ އިން 110 މިިލިޔަން ރުފިޔާގެ އެހީއެއް ތިމާވެށީގެ މަޝްރޫޢުތަކަށް ދީފި

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމާއި ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫޢުތަކަށް މި އެހީ ލިބޭނެކަމަށާއި މި އައު މަޝްރޫޢުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ކަމަށް މިނިސްޓަރު ޠާރިޤް ވިދާޅުވި.

767 ދުވަސް ކުރިން - 22:53

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މެލޭޝިއާގެ ދެ މީހުން 30 ދުވަހަށް ބަންދުކޮށްފި

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މެލޭޝިއާގެ ދެ މީހުން 30 ދުވަހަށް ބަންދުކޮށްފި

މި މައްސަލައިގައި ކުށް ސާބިތުކުރުމަށް އެކަށީގެންވާ ހެކި ހުރިކަމަށް ކްރިމިނަލް ކޯޓުން ބުނި. މީގެ ތެރޭގައި ކަސްޓަމްސް އަދި ފުލުހުންގެ ބަޔާނާއި، މޯބައިލް ފޮރެންސިކް ރިޕޯޓް، އަދި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓް ހިމެނޭ.

767 ދުވަސް ކުރިން - 22:48

ޖޭއެސްސީން ޝަކުވާ ބަލަމުންދަނިކޮށް ޑީޖޭއޭ ރިޒްނާ އިސްތިއުފާ ދެއްވައިފި

ޖޭއެސްސީން ޝަކުވާ ބަލަމުންދަނިކޮށް ޑީޖޭއޭ ރިޒްނާ އިސްތިއުފާ ދެއްވައިފި

އޭނާއާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ފަނޑިޔާރުންގެ ޞިއްޙީ އިންޝުއަރެންސްއާ ގުޅުންހުރި މައްސަލަތަކާއި، މުވައްޒަފުން ވަޒީފާއަށް ނެގުމުގެ އިޖުރާއާތުތަކުގައި ފާހަގަކުރެވިފައިވާ ޣައިރު އަޚްލާޤީ ޢަމަލުތަކާ ގުޅޭ މައްސަލަތައް ހިމެނޭ

767 ދުވަސް ކުރިން - 22:31

އެމްޓީސީސީން ބަސް ދަތުރު ފަށާ ގަޑި ފަތިހު 5 ޖަހާއިރަށް އަވަސް ކޮށްފި

އެމްޓީސީސީން ބަސް ދަތުރު ފަށާ ގަޑި ފަތިހު 5 ޖަހާއިރަށް އަވަސް ކޮށްފި

ކުރިން ބަސް ދަތުރު ފަށަނީ 6 ޖަހާއިރު. މި ގެންނަ އައު ބަދަލާއެކު މިއަންނަ އާދިއްތަ ދުވަހުން ފެށިގެން އާރް1، އާރް2، އާރް6، އާރް7، އާރް8، އާރް10، އާރް11 އަދި އާރް12 ރޫޓްތަކުގެ ދަތުރުތައް ފެށޭ ގަޑި އަވަސްކުރެވޭނެ.

767 ދުވަސް ކުރިން - 22:24

ނާލާފުށީގައި ސައިކަލެއް ރޯކޮށްލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ނާލާފުށީގައި ސައިކަލެއް ރޯކޮށްލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ސައިކަލްގައި ރޯކޮށްލީ ދަންވަރު 3:00 އާއި 3:30 އާ ދެމެދު. ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި

767 ދުވަސް ކުރިން - 22:14

"ބްރޯޑްކާސްޓް އޯޑިއަންސް ސާވޭ"ގެ ނަމުގައި ސާވޭއެއް ފަށައިފި

"ބްރޯޑްކާސްޓް އޯޑިއަންސް ސާވޭ"ގެ ނަމުގައި ސާވޭއެއް ފަށައިފި

މި ސާވޭއަކީ ޗެނަލް ރޭޓިންގްސްގެ ޞައްޙަކަން އިތުރުކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ބައެއް. މިދިޔަ ހަފްތާގައި ފަށާފައިވާ މި ސާވޭ ނިންމުމަށް ވިލާ ކޮލެޖަށް ވަނީ 10 ހަފްތާގެ މުއްދަތެއް ދީފަ

767 ދުވަސް ކުރިން - 19:57

ބިދޭސީން އުޅެނީ ޤަވާޢިދުގެ ތެރެއިންތޯ ބެލޭނެ އެޕްލިކޭޝަނެއް ތައާރަފްކުރަނީ

ބިދޭސީން އުޅެނީ ޤަވާޢިދުގެ ތެރެއިންތޯ ބެލޭނެ އެޕްލިކޭޝަނެއް ތައާރަފްކުރަނީ

ޝަމްޢާން ވިދާޅުވީ ބިދޭސީ މީހާ އުޅެނީ ޤަވާޢިދުގެ ތެރެއިންތޯ މި އެޕްލިކޭޝަންގެ ޒަރިއްޔާއިން އިމިްގްރޭޝަން އޮފިސަރުންނަށް ބަލާލެވޭނެ ކަމަށާއި މިއީ އިމިގްރޭޝަންގެ ޚިދުމްތަތަކަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށް.

767 ދުވަސް ކުރިން - 19:37

މިނިސްޓަރ ޒަމީރު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

މިނިސްޓަރ ޒަމީރު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރ ހިޒް ހައިނެސް ޝެއިޚް ޢަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް، ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އައު ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި.

767 ދުވަސް ކުރިން - 19:22

އަންނަ އަހަރުގެ އޭޕީއޭޕީ ޓެކްނިކަލް މީޓިން ރާއްޖޭގައި ބާއްވަން ނިންމައިފި

އަންނަ އަހަރުގެ އޭޕީއޭޕީ ޓެކްނިކަލް މީޓިން ރާއްޖޭގައި ބާއްވަން ނިންމައިފި

މިނިސްޓަރު ޠާރިޤް ވަނީ ދިވެހިރާއްޖޭގެ ތަފާތު މުރަކަ ބިނާކޮށް ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ނެޓްވޯކަށް ބާރުއަޅުއްވައި، ދިވެހިރާއްޖޭގައި ބާއްވާ ބައްދަލުވުމަށް ތާއީދުކޮށް ބައިވެރިވުމަށް ހުރިހާ މެމްބަރު ގައުމުތަކަށް ދައުވަތު އަރުވާފަ. ކަނޑު ސަރަހައްދު ހިމާޔަތް ކުރުމުގެ މުއާހަދާގައި ޤައުމުތަކަށް ބައިވެރިވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި

767 ދުވަސް ކުރިން - 17:57

މަކަރާއި ޙީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ޢިއުލާނުކޮށްފި

މަކަރާއި ޙީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ޢިއުލާނުކޮށްފި

ފުލުހުން ޢަމަލުކުރާ އިޖުރާޢަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުޤީޤަށް ހާޒިރުވުމަށް ޢިއުލާނުކޮށްފައިވަނީ މުޙައްމަދު ނާޝިދު، އުނިތޮށިގެ / ސ. ހިތަދޫ (54އ) ހޯދުމަށް.

767 ދުވަސް ކުރިން - 17:21

ވަޅިން ބިރުދައްކައިގެން ފޭރެން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

ވަޅިން ބިރުދައްކައިގެން ފޭރެން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

ފުލުހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިދާފައި ތިބި މީހުންނަށް އެމީހުން އިންޒާރު ވެސް ދިން. ދެކޮޅު ހަދާނަމަ މަރާލާނެ ކަމަށް ބުނި. މޯބައިލް ފޯނާއި ލެޕްޓޮޕަކާއި އެހެނިހެން ތަކެތި އެމީހުން ފޭރުނުއިރު، މިތަކެތި ފުލުހުން ވަނީ ހޯދާފަ

767 ދުވަސް ކުރިން - 17:07

ޔޫރޯ ސްޓޯރުގެ ގުދަނެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ޔޫރޯ ސްޓޯރުގެ ގުދަނެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

އަލިފާން ރޯވެފައިވަނީ ޔޫރޯ ސްޓޯރުގެ ގުދަނުގައި ހުރި ކަރަންޓުބޯޑެއްގައި ކަމަށް އެމްއެންޑީއެފް އިން ބުނި. މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފް ބުނި.

767 ދުވަސް ކުރިން - 16:57

Previous12345Next