Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބިދޭސީން އުޅެނީ ޤަވާޢިދުގެ ތެރެއިންތޯ ބެލޭނެ އެޕްލިކޭޝަނެއް ތައާރަފްކުރަނީ

ބިދޭސީން އުޅެނީ ޤަވާޢިދުގެ ތެރެއިންތޯ ބެލޭނެ އެޕްލިކޭޝަނެއް ތައާރަފްކުރަނީ

އަައިޝަތު ޒީނާ
685 ދުވަސް ކުރިން - 5 ސެޕްޓެންބަރު 2024 19:37
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު
ޚުލާސާ

ޝަމްޢާން ވިދާޅުވީ ބިދޭސީ މީހާ އުޅެނީ ޤަވާޢިދުގެ ތެރެއިންތޯ މި އެޕްލިކޭޝަންގެ ޒަރިއްޔާއިން އިމިްގްރޭޝަން އޮފިސަރުންނަށް ބަލާލެވޭނެ ކަމަށާއި މިއީ އިމިގްރޭޝަންގެ ޚިދުމްތަތަކަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށް.

ރާއްޖޭގައި އުޅޭ ބިދޭސީން އުޅެނީ ޤަވާޢިދުގެ ތެރެއިންތޯ ބެލޭނެ އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ބިދޭސީ މީހާ އުޅެނީ ޤަވާޢިދުގެ ތެރެއިންތޯ މި އެޕްލިކޭޝަންގެ ޒަރިއްޔާއިން އިމިްގްރޭޝަން އޮފިސަރުންނަށް ބަލާލެވޭނެ ކަމަށާއި މިއީ އިމިގްރޭޝަންގެ ޚިދުމްތަތަކަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށެވެ.

ޝަމްޢާން ވިދާޅުވީ މީގެ ކުރިން އިމިގްރޭޝަނުން މި މަސައްކަތް ކުރަމުން އައީ މެނުއަލްކޮށް ކަމަށާއި އެކަން ބަދަލުކޮށް، ޒަމާނާ އެއްގޮތަށް މަސައްކަތް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި "އިމިގްރޭޝަން ވޮޗް" އަކީވެސް މީގެ ބައެއް ކަމަށް ޝަމްޢާން ވިދާޅުވިއެވެ.

Advertisement

Advertisement 1

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓުކުރުމަށް "އިމިގްރޭޝަން ވޮޗް" އޮންލައިން ޕްލެޓްފޯމް އިމިގްރޭޝަނުން ތައާރަފްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 17 ގައެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ލިބޭ މައްސަލަތައް ބަލައި، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނާމެދު އިމިގްރޭޝަނުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

އިމިގްރޭޝަނުން ދާދި ފަހުން ބުނެފައިވަނީ މި އަހަރު އެކި މައްސަލަތަކުގައި 3300 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ވިޔަފާރިތައް ހިންގާ މީހުންނާއި، ލިޔެކިޔުންތައް ފުރިހަމަ ނޫން މީހުން ހިމެނެއެވެ.

ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މައްސަލައަށް 3 އަހަރުތެރޭ ފުރިހަމައަށް ޙައްލު ގެނައުމެވެ.

އިމިގްރޭޝަންޝަމްއާން ވަހީދު (ކުރީގެ ކޮންޓްރޯލަރ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

12 ދުވަސް ކުރިން - 20:13

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

12 ދުވަސް ކުރިން - 19:37

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

15 ދުވަސް ކުރިން - 18:08

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

42 ދުވަސް ކުރިން - 11:09

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

43 ދުވަސް ކުރިން - 18:19

ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނާ ބީއެމްއެލްއާ ދެމެދު ބަދަލެއް ނުކުރެވޭ: ބީއެމްއެލް

ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް އިމިގްރޭޝަނުން ނުލިބޭ: ބީއެމްއެލް

77 ދުވަސް ކުރިން - 22:22