Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

އައިޝަތު ރުވާ ރިފްޢަތު
4 ގަޑިއިރު ކުރިން - 7 ޖުލައި 2026 18:08
އޭއައިއިން ނުވަތަ އެނޫންވެސް އެފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯތައް ޕާސްޕޯޓް ފޮޓޯ މިންގަނޑާއި ހިލާފުކަމަށް އިމިގްރޭޟަނުން ބުނެފައިވޭ/ ފޮޓޯ: ޚުލާސާ
އޭއައިއިން ނުވަތަ އެނޫންވެސް އެފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯތައް ޕާސްޕޯޓް ފޮޓޯ މިންގަނޑާއި ހިލާފުކަމަށް އިމިގްރޭޟަނުން ބުނެފައިވޭ/ ފޮޓޯ: ޚުލާސާ
ޚުލާސާ

ޕާސްޕޯޓަކީ މީހާގެ އައިޑެންޓިޓީ ނުވަތަ ސިފަ ކަށަވަރުކޮށްދޭ މުހިންމު ސެކިއުރިޓީ ލިޔެކިޔުމަކަށް ވާތީ، ފޮޓޯ ހުށަހެޅުމުގައި އާންމު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށާއި އޭއައި ބޭނުންކޮށްގެން ފޮޓޯ އިސްލާހުކުރުމަކީ މީހާގެ އަސްލު ސިފައަށް ބަދަލު އަތުވެދާނެ ކަމެއް ކަމަށްވާތީ ސަމާލުވުމަށް އިމިގްރޭޭޟަނުން ވަނީ އިލްތިމާސްކޮށްފައި.

އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ނުވަތަ އެނޫންވެސް އެފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯތަކަކީ، ޕާސްޕޯޓުގެ ފޮޓޯ މިންގަނޑާ ހިލާފު ފޮޓޯތަކެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރައްވައިފި އެވެ.

ޕާސްޕޯޓަށް ހުށަހަޅާ ފޮޓޯއާ ގުޅޭގޮތުން އިމިގްރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ޕާސްޕޯޓަށް އެދި ހުށަހަޅާއިރު އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ނުވަތަ އެޑިޓްކޮށްފައިވާ ފޮޓޯ ހުށަނޭޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މިފަދަ ފޮޓޯތަކަކީ ޕާސްޕޯޓް ފޮޓޯ މިންގަނޑާ ހިލާފު ފޮޓޯތަކެއްގެ ގޮތުގައި އެ އިދާރާއިން ވަނީ ކަނޑައަޅަޅާފަ އެެވެ.

އިމިގްރޭޝަނުން އިތުރަށް ބުނިގޮތުގައި، ޕާސްޕޯޓަކީ މީހާގެ އައިޑެންޓިޓީ ނުވަތަ ސިފަ ކަށަވަރުކޮށްދޭ މުހިންމު ސެކިއުރިޓީ ލިޔެކިޔުމަކަށް ވާތީ، ފޮޓޯ ހުށަހެޅުމުގައި އާންމު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އޭއައި ބޭނުންކޮށްގެން ފޮޓޯ އިސްލާހުކުރުމަކީ މީހާގެ އަސްލު ސިފައަށް ބަދަލު އަތުވެދާނެ ކަމެއް ކަމަށްވާތީ، މިއީ ސަލާމަތީ ގޮތުން ބަލާއިރު ބަލައިގަނެވޭނެ ކަމެއް ނޫންކަން އެ އިދާރާއިން ފާހަގަކުރި އެވެ.

Advertisement

Advertisement 1

އެގޮތުން، މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފޮޓޯތަކުގައި އާންމުކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި، ފޮޓޯ މިންގަނޑުތަކަށް އާންމުން އަހުލުވެރިކުރުވުމަށް ތަފާތު ސެޝަންތަކެއް ބާއްވާފަ އެވެ. އެ ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ ފޮޓޯ ނެގުމުގައި ކަނޑައެޅިފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުމެވެ.

ދުނިޔޭގެ ޕާސްޕޯޓު ރޭންކިންގައި ދިވެހިރާއްޖޭގެ ޕާސްޕޯޓަކީ އިތުރަށް ވަރުގަދަވަމުން އަންނަ ޕާސްޕޯޓެއްކަން ފާހަގަކޮށްލެވެ އެވެ. މިހާރުވެސް ދެކުނު އޭޝިއާ ސަރަހައްދުގައި އޮތް އެންމެ ބާރުގަދަ ޕާސްޕޯޓުތަކުގެ ތެރޭގައި ދިވެހި ޕާސްޕޯޓު ހިމެނެ އެވެ. މިފަދަ ހަރުދަނާ މިންގަނޑުތައް ހިފެހެއްޓުމަކީ ޕާސްޕޯޓުގެ ސައްހަކަމާއި އިތުބާރު ބައިނަލްއަގުވާމީ ފެންވަރުގައި ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެ އިދާރާއިން ބުންޏެވެ.

އިމިގްރޭޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

28 ދުވަސް ކުރިން - 18:19

ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނާ ބީއެމްއެލްއާ ދެމެދު ބަދަލެއް ނުކުރެވޭ: ބީއެމްއެލް

ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް އިމިގްރޭޝަނުން ނުލިބޭ: ބީއެމްއެލް

63 ދުވަސް ކުރިން - 22:22

"އަދަދު" ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

"އަދަދު"ގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

70 ދުވަސް ކުރިން - 13:57

މިހާތަނަށް 9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން

115 ދުވަސް ކުރިން - 17:30

ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދުގައި އިމިގްރޭޝަނުން ހިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

119 ދުވަސް ކުރިން - 15:07

މި ރަމަޟާން މަހު އިމިގްރޭޝަނުން މާލެއާއި ރަށްރަށުގައި ހިދުމަތްދޭނެ ގަޑިތައް ހާމަކޮށްފި

ރަމަޟާން މަހު އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް ހާމަކޮށްފި

138 ދުވަސް ކުރިން - 20:13