Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

ހުސައިން އިސްމާއިލް
45 ދުވަސް ކުރިން - 10 ޖޫން 2026 11:09
ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން މީޑިއާއާ ބައްދަލުކުރެއްވުން---
ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން މީޑިއާއާ ބައްދަލުކުރެއްވުން---
ޚުލާސާ

ޝަމްއާން ވަނީ އިއްޔެ ކޯޓަށް ހާޒިރުވުމުގެ ކުރިން އިހުސާން އަދި ރައީސް ޑރ. މުއިއްޒުގެ އިސްތަށިފުޅުގައި ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތުތަކެއް އަޅުވާފަ. މި ތުހުމަތުތަކަށް ރައީސްގެ ފަރާތުން ސްޕޯކްސްޕާސަން މުންދު ވަނީ ދޮގުކުރައްވާފަ. ޝަމްއާންގެ މައްޗަށް އިއްޔެ ތިން ދައުވާއެއް ސާބިތުވިއިރު 25 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ.

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު، ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ކުރައްވަމުން ގެންދަވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، ސާބިތު ނުހިފޭ ދޮގުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޝަމްއާން ތަކުރާރުކޮށް ކުރަމުންދާ ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ކަމަށާއި، ޝަމްއާން އެ ހައްދަވަނީ ދޮގުކަން މީގެ ކުރިންވެސް މީޑިއާގައި ހާމަކުރައްވާފައިވާނެ ކަމަށެވެ. އަދި އޭނާ ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ރައްޔިތުންނަށް ތަފްސީލުކޮށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފައިވާނެ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

Advertisement

Advertisement 1

އިއްޔެ ކޯޓަށް ހާޒިރުވުމުގެ ކުރިން ޝަމްއާން ވަނީ އިހުސާންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައިވެސް ކޮރަޕްޝަނުގެ ބޮޑެތި އިލްޒާމްތަކެއް އަޅުވާފައެވެ. ނަމަވެސް، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފް (މުންދު) ވަނީ އެ ހުރިހާ އިލްޒާމްތަކެއް ދޮގުކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށްދިޔަ ޝަރީއަތުގައި، ގާޒީ އިބްރާހިމް އިހުސާން ވަނީ ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމަވައި، 25 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވަވާފައެވެ. ޝަމްއާންގެ މައްޗަށް ސާބިތުވެފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާއެވެ.

އަދަބުތަކުގެ ތަފްސީލު:

  1. މަނީ ލޯންޑްރިންގެ ދައުވާއަށް: 15 އަހަރުގެ ޖަލު ހުކުމެއް.
  2. ފޭރުމުގައި ބައިވެރިވުމުގެ ދައުވާއަށް: 8 އަހަރުގެ ޖަލު ހުކުމެއް.
  3. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަށް: 2 އަހަރުގެ ޖަލު ހުކުމެއް.

މީގެ އިތުރުން، ޝަމްއާން 500,000 ރުފިޔާއިން ޖޫރިމަނާކުރުމަށާއި، ބިދޭސީ މީހާގެ އަތުން ފޭރިގަތް 500,000 ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އެމީހާއަށް ރައްދުކޮށްދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އޭނާގެ ގެއިން ފެނުނު ފައިސާގެ ތެރެއިން 125,000 ރުފިޔާ ދައުލަތަށް ނެގުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

ޝަރީއަތަށް ސާބިތުވި ގޮތުގައި، އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ޝަމްއާންގެ އަމުރަށް ދަންވަރު ދޫކޮށްލާފައިވަނީ އޭނާގެ އަތުން 530,000 ރުފިޔާ އަތުލުމަށްފަހުއެވެ. އޭގެ ތެރެއިން 400,000 ރުފިޔާ ޝަމްއާން ބަހައްޓާފައިވާއިރު، ބައެއް ފައިސާ ބޭނުންކޮށްގެން އޭނާގެ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދައްކާފައިވާކަން ވަނީ ކަށަވަރުވެފައެވެ.

ގާޒީ އިހުސާން ވިދާޅުވީ، ޝަމްއާނަށް އެންމެ ބޮޑު އަދަބު ދޭން ނިންމީ އިމިގްރޭޝަންގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުރެ، ބިދޭސީންނަށް ރައްކާތެރިކަން ދިނުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް މަސައްކަތްކޮށް، މުއައްސަސާގެ އަގު ވައްޓާލާފައިވާތީ ކަމަށެވެ. ޝަމްއާން ބަންދުގައި ހޭދަކުރި 9 މަހާއި 10 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރެވޭނެއެވެ.

މިނިސްޓަރު އަލީ އިހުސާންޝަމްއާން ވަހީދު (ކުރީގެ ކޮންޓްރޯލަރ)ކޮރަޕްޝަންކްރިމިނަލް ކޯޓުފޭރުންމަނީ ލޯންޑަރިންގ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

3 ދުވަސް ކުރިން - 09:28

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

7 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

އިންޑޮނޭޝިޔާގެ "ގޯޖެކް" ގެ ބާނީ އަދި ކުރީގެ މިނިސްޓަރު ނަދީމް މަކާރިމް 10 އަހަރަށް ޖަލަށް!

އިންޑޮނޭޝިޔާގެ ކުރީގެ މިނިސްޓަރު ނަދީމް މަކާރިމް 10 އަހަރަށް ޖަލަށް!

20 ދުވަސް ކުރިން - 21:52

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

22 ދުވަސް ކުރިން - 14:29