އަންނަ އަހަރުގެ އޭޕީއޭޕީ ޓެކްނިކަލް މީޓިން ދިވެހިރާއްޖޭގައި ބާއްވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް އިއުލާން ކުރައްވައިފި އެވެ. މިނިސްޓަރު މިހެން ވިދާޅުވީ އާރު.އެފް.ސީ 2024 އޭޝިއާގެ ދަށުން ބޭއްވުނު “ސެލެބްރޭޓިންގ ދަ ޑެކޭޑް އޮފް އެޑްވާންސިންގ ޕްރޮޓެކްޓެޑް އޭރިއާސް އިން އޭޝިއާ” ގެ ސައިޑް އިވެންޓްގެ ރިޔާސަތު ބަލަހައްޓަވަމުން ނެވެ. 

މިނިސްޓަރު ޠާރިޤް ވަނީ ދިވެހިރާއްޖޭގެ ތަފާތު މުރަކަ ބިނާކޮށް ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ނެޓްވޯކަށް ބާރުއަޅުއްވައި، ދިވެހިރާއްޖޭގައި ބާއްވާ ބައްދަލުވުމަށް ތާއީދުކޮށް ބައިވެރިވުމަށް ހުރިހާ މެމްބަރު ގައުމުތަކަށް ދައުވަތު އަރުވާފައެވެ.

އަދި ކުރިއަށް އޮތް އޭޝިއާ ޕާކްސް ކޮންގްރެސްގެ ޕްލޭނިން މަރުހަލާތަކުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭޝިއާގެ މުހިންމު ބަޔޯޑައިވަރސިޓީ ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލެއްވި އިރު، ކަނޑު ސަރަހައްދު ހިމާޔަތް ކުރުމުގެ މުއާހަދާގައި ޤައުމުތަކަށް ބައިވެރިވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.