ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ޢިއުލާނުކޮށްފިއެވެ.
ފުލުހުން ކުރި ޢިއުލާނެއްގައި ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް އިން ތަހުޤީޤުކުރަމުންދާ މަކަރާއި ޙީލަތުގެ މައްސަަލައެއްގެ ތަހުޤީޤަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ.
އެގޮތުން ޖިނާއީ މައްސަލަތައް ތަހުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާ އިޖުރާޢަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުޤީޤަށް ހާޒިރުވުމަށް ޢިއުލާނުކޮށްފައިވަނީ މުޙައްމަދު ނާޝިދު، އުނިތޮށިގެ / ސ. ހިތަދޫ (54އ) ހޯދުމަށެވެ.
ފުލުހުން ޢިއުލާނުކޮށްފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އޭނާ ހާޒިރުވުމަށެވެ.









